ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އަންހެންކަނބަލުންނަށް ޙާއްސަކޮށްގެން ގދ. ފަރެސްމާތޮޑާގައި ކަސްރަތު ޕްރޮގްރާމެއް ހިންގަން ނިންމައިފައިވާ ކަމަށް އެރަށު އ.ތ.މ ކޮމެޓީއިން ވިދާޅުވެއްޖެއެވެ.
މިއީ ފަރެސްމާތޮޑާ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެ ކޮމެޓީއިން ނެރެފައިވާ އިއުލާނުގައި ވިދާޅުވެފައިވަނީ ހަފްތާއަކަށް ކުރިއަށް ގެންދާ މި ކަސްރަތު ޕްރޮގްރާމްގެ އިތުރުން އެއްދުވަހުގެ އަލިފާން ނިއްވުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިކަމަށެވެ. މީގެ އިތުރުން، ކަސްރަތު ޕްރޮގްރާމުގައި މެޓަކާއި، ދުވުމަށް ބޭނުންވާނެ ބޫޓަކާއި އަދި ފެންފުޅިއެއްވެސް ބޭނުންވާނެ ކަމުގައި އެ ކޮމެޓީއިން ވަނީ ވިދާޅުވެފައިވެއެވެ.
މި ޕްރޮގްރާމްތަކަށް ޙާއްސަ ކުރެވިފައިވަނީ އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ އުމުރުފުރާއަށެވެ. މި ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހު 6 ވާ ހޯމަދުވަހުގެ މެންދުރު 2:00 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައި ކަމަށާއި އަދި އެ ކޮމެޓީއަށް ގުޅުއްވައިގެން ނަން ނޯޓު ކުރެއްވުމަށްވެސް އެދިލަށްވައިފައިވެއެވެ.
މުޖުތަމަޢުގެ ހުރިހާ ކަމެއްގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް ހިތްވަރުދީ، އަންހެނުންނަށް ލިބެންޖެހޭ ޙައްޤުތަކާ ބެހޭގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި ވާހަކަދެކެވޭ ދުވަހަކީ ކޮންމެ އަހަރެއްގެވެސް މާޗް މަހުގެ އަށްވަނަ ދުވަހެވެ.
އ އަންނަ މަހު 8 އިން ފެށިގެން 16ގެ ނިޔަލަށް ކަސްރަތު ޕްރޮގްރާމަކާއ