(ޤުދުރަތީ ގޮތުން ލ.ގަމުގައި ހެދިފައި އޮންނަ ހިތްގައިމު ތަނެއް ކަމަށްވާ ރީތި ބޮޑު ފެންގަނޑެއްގެ ވާހަކަ އައްސަވަމު ތޯއެވެ. އެރީތި ފެންގަނޑު އަޅުގަނޑުމެންގެ ތެރޭގައި މަޝްހޫރުވެފައި ވަނީ އެތަނަށް ކިޔާނަމުގެ ސަބަބުންނެވެ. އެފެންގަނޑަށް ކިޔާ ނަމަކީ ޕަރީފެންގަނޑެވެ. އެފެންގަނޑާ ބެހޭ ގޮތުން މަމްދޫހު ލިޔެފައިވާ މިވާހަކައިގައި މިހިމެނޭ ނަންތަކާއި ދިމާވެފައިވާ ހާދިސާތަކާއި މިހުރިހާ ކަންތައްތަކަކީ މުޅިންވެސް އަމިއްލަ ޚިޔާލެވެ. ލ ގަމުގައި އޮންނަ އެ ފެންގަނޑު ފިޔަވައި އެހެން އެއްވެސް ކަމެއް މީގައި ހަގީގަތަކަށް ލިޔެވިފައެއް ނުވާނެއެވެ.)
ވާހަކަ "ޕަރީފެންގަނޑު"
ލިޔުނީ: މަމްދޫހު އިބްރާހީމް
(ފުރަތަމަބައި)
ދުވަހުގެ ރީތި ރަންއަލިފާން ކުލައިގެ އިރު އޭގެ ހޫނުކަންމަތީ އަރައި އަލިކޮށްފިއެވެ. ދެ ގޮތެއްނުވާ، ބަހާރުމޫސުމުގެ ބަގީޗާ ވަނީ އެތަކެއް ދިރުމަކުން ފުރިފައެވެ. ބޮޑެތި ބިޔަ ގަސްތައް ވަނީ ބައިވަރު މާމެލާމެލިން ފުރި ބަރާވެފައެވެ. ބަގީޗާގައި ހުރި ކެލާގަހުގެ ގޮފިތައް މުޅިހިސާބަށް ވަނީ ފެތުރިއެވެ. އަދި އެ ގަހުން ދުވާ މީރުވަސް ވަނީ ވަށައިގެން ބިނާކުރެއްވި ފައިވާ ފާރުތަކު ގައްޔާއި ތަނބުތަކުގައި ހިފައިފައެވެ. ބަގީޗާގައި ހުރި އެކި ވައްތަރު ގެ އެކި ކުލަކުލައި ގެ ފިނިފެންމާތައް ވަނީ ފަރިވެ ފޮޅިފައެވެ.
މި މާތަކަކީ އާދަޔާޚިލާފު ރީތި ކަމަކާއި ބިޔަކަމެއް ލިބިގެން ވުމާއެކު ހައިބަތުން ފުރިގެން ވި ރީތި މާތަކެކެވެ. މިއިން މަލެއްގެ ވަށަމިން ދޮލަނގަކަށް ވުރެ ބޮޑެވެ. އަދި ކޮންމެ މަލެއްގެ ކަރުގަނޑުގައި ބޮޑެތި ކުޅަނދުރުހަތާ ހަދައިފައި ވެއެވެ. ބަގީޗާގެ ތެރޭގައި ރީތި ދޫނިތަކާއި ކޮކާތައް އުދުހި ބަގީޗާގެ ފަޅުފިލުވަމުން ދެއެވެ. ގަސްތަކުގެ ހިޔަލުގައި ރީތި ސާމަރާ ދޫނިތައް ރީތި އަޑުުއަޑުން ގޮވައިލަ ގޮވައިލާ ނަލަކަމާއި ފަރިކަން ދައްކައިލަ ދައްކައިލާ ތިއްބެވެ. ކޮންމެ ފިނިފެންމާ ގަހެއްގެ ބުޑުގައި ވަށައިގެން ހުރި ކޮންމެ ގޮފި ގަނޑެއްގެ ކައިރީގައި ބެހެއްޓިފައި ހުރި ބޮޑެތި ފުޅިތަކާއި ބިއްލޫރި ބަނޑިޔާތައް ހުރީ މީރު ވަސްދުވާ އަތަރުތަކު ގެ އަރަގު އެޅެމުންދާ ގޮތަށާއި ނުތެޅޭނޭ ހެން އެކި ޒާތްޒާތަށް ބެހެއްޓިފައެވެ.
ބޮޑެތި ހިލަގަނޑު ތަކުގެ މަތީގައި އެތައް ބައިވަރު ވަށިގަނޑު ތަކެއްގައި ބެހެއްޓިފައި ހުރި ފިނިފެންމާ ތަކާއި އިތާ މުތް ބައިވަރެވެ. ބޮޑެތި ފުޅިފުޅީގައި ކަޅު މާވަހަރުތަކާއި ހުދު މާވަހަރުތަށް ހުއްޓެވެ. ބޮޑެތި ގޮމަކަސްތޫރި ގުޅަ ތަށް އަދަދު ނުކުރެވޭ ވަރަށް ގިނައިން ހުއްޓެވެ. ބިޔަ ކެލާ ގަހުގެ ވަކަރު ތަކުން ނެގޭ އޭގެ ކީސްކުނޑިތައް ވަނީ ކުކުމާއި އެއްކުރެވި ފައިވާ ވަށިގަނޑު ތަކުގައި ފުރިފައެވެ. ބޮޑެތި ފިނިފެންމާ ތަކުގެ ކަރުގަނޑުގައި ހުރި މާމުއި ރަތްކުލައިގެ ކުޅަނދުރު ހަތާތަކުގައި ފޮނި މީރު މާމުއި ފަދައިން ގަދަ ރަތްކުލައިގެ އޮލަކޮށް ހުންނަ ދިޔާ ހުވަނދެއް އުފެދި އުފެދިހުއްޓެވެ.
އެ ހަތާތަކުގައި އެ ހުވަނދު ތައް ފުރި ބަރާ ވަމުންދެއެވެ. މުޅި މާހައުލުގައި ބޮޑެތި ކޮކާ ތަކާއި ސާމަރާދޫނި ތަކާއި އެހެނިހެން ދޫނިސޫފާސޫފިތައް ވަށައިގެން އުޅެއެވެ. ދުވާލުގެ އިރުގެ އަލިކަން ވެރިވެފައިވާ ހިނދު މުޅި ބަގީޗާގެ މަތި ފުރިފައި ވަނީ ދިއްލިފައި ދިހުން އަރައި ކަހަލަ ރީތި އަލިކަމަކުން ހުޅުދާންވެގެން ފެތުރިފައިވާ އަލީގެ ރިވެއްޔަކުންނެވެ.
އަމީރާ ގިނިކަނދުލް ޝަބީބާ ޕަރީ ކަމަނާ ހުންނެވީ އެ ކަމަނާގެ ބުރަ މަސައްކަތްޕުޅުގައި އެއްވެސް މަޑު ޖެއްސެވުމެއް ނެތި އަވަދި ނެތް ގޮތެއްގައި މަސައްކަތްޕުޅު ކުރައްވާށެވެ. އަޖައިބު އަންތަރީސް ކުރުވާ ފަދަ މި ރީތި ބަގީޗާގައި މިނިވަން ކަންމަތީ އެކަނި މާއެކަނި ޝަބީބާ ކަމަނާ ހުންނަވަނިކޮށް އެ ކަމަނާގެ އަރިހަށް އެހެން ބޭފުޅަކު ބަގީޗާގެ ތެރެއަށް ޒިޔާރަތް ކުރައްވަެިއިފިއެވެ. ޝަބީބާ ކަމަނާ ވިދާޅުވިއެވެ.
"އަހަރެން މި ވާހަކަތައް ކިޔައި މި ދެނީ... މިއީ އިންސާނަކަށް ގަބޫލު ކުރަން ދަތި ވާހަކަ ތަކެއް... އެކަމަކު އެއީ ބަދަލު ކުރެވޭނެ އެއްޗެއް ނޫން...."
މުއާވިޔަތު ހުރީ ވަރަށް ކެތް މަދުވެފައެވެ. ޝަބީބާ ކަމަނާ އެ ވިދާޅުވާން އުޅުއްވަނީ ކޮން ވާހަކަފުޅެއް ކަމެއް އޭނާ އަކަށް އެނގިވަޑައެއް ނުގަންނަވައެވެ. މުއާވިޔަތު ގެ ހިތްޕުޅަށް ވަނީ ނުތަނަވަސްކަން ވެރިވެފައެވެ.
މިހާރު ވެސް ވެފައިހުރި ކަންތައްތަކެއް ވަކިމަދެއް ނޫނެވެ. މުއާވިޔަތުގެ ހިތުގެ ކެކުޅުންތައް ވަނީ އިންތިހާއަށް ގޮސްފައެވެ. އޭނާ އެ އުންމީދު ކުރައްވަނީ ޝަބީބާ ކަމަނާ އަށް ޖެހިވަޑައިގެންފައިވާ ދަންތުރައިން ސަލާމަތް ކޮށްދެއްވޭތޯއެވެ. މިކަމަށް އަވަސް ކުރެވޭނީ ވެސް އެކަމަނާ އަކީ.....
އެ ކަމަނާއަކީ އިންސާނެއް ނަމަތާއެވެ. މިހާރު އެ ގޮތުގައި ޝަބީބާ ކަމަނާ ހުންނަވާތާ އެތަކެއް އިރެއް ވަނީއެވެ. މުއާވިޔަތަކަށް ސަބަބު ބަޔާން ކޮށްދެއްވައި ކަށެއް އެނގިވަޑައިއެއް ނުގަތެއެވެ. ކުޑަ އިރުކޮޅެއް ވީ ފަހުން އަނެއްކާ ވެސް ޝަބީބާ ކަމަނާ ގެ އަޑުފުޅުން ހިތާމަވެރި ރާގެއްގައި ވިދާޅުވިއެވެ.
"މުއާއަށް ހީވޭތަ އަހަރެން މި ކަމުން ސަލާމަތްވާނެ ހެން ؟".
މުއާވިޔަތުގެ ރަތްވެފައިވާ ދެލޯފުޅު ކަރުނުން ފޯވިއެވެ. އޭނާއަށް ހަގީގަތުގައި ވެސް ދަންނަވާނެ އެއްޗެއް އެނގިވަޑައެއް ނުގަތެވެ. އެހެންނަމަ ވެސް އޭނާ ޝަބީބާ ކަމަނާ ގެ އެރީތި މޫނުފުޅަށް ބައްލަވަން ހުންނަވައި ސީދާ ހަތަރު ކަޅި ހަމަކުރައްވައި ވަރަށް ހަމަޖެހިވަޑައިގެން ހުންނެވި ގޮތް ދައްކަވަމުން ވިދާޅުވިއެވެ.
"ޝަބީބާ ކަމަނާ އަށް ޓަކައި އަހަރެންނަށް ކުރެވެން ހުރި ހުރިހައި ކަމެއް ކޮށްދޭނަން...."
މުއާވިޔަތު މިހެން ދެންނެވެމުން ޝަބީބާ ކަމަނާ އެ ވިދާޅުވާން އުޅުއްވި ވާހަކަފުޅު ވިދާޅުވާން ފެށްޓެވިއެވެ.
"މުއާ! މުއާ ހަނދާން އެބަހުރިތަ އަހަރެމެން ދެމީހުން އެންމެ ފުރަތަމަ ބައްދަލުވި ގޮތް؟"
ޝަބީބާ ކަމަނާ މި ސުވާލުފުޅު މުއާވިޔަތާ ކުރެއްވުމުން އޭނާ ޖަވާބުގައި އާއެކޭ ދެންނެވުމުގެ ގޮތުން އިސްތަށިފުޅު ޖައްސަވައިލެއްވިއެވެ. މުއާވިޔަތަށް މި ވަގުތު ވަނީ ވަރަށް ފުން އަސަރެއް ކުރައްވައިފައެވެ.
"އަޑުއަހާ!... " ޝަބީބާ ކަމަނާ ވިދާޅުވިއެވެ.
"ހަގީގަތުގައި އެ ފެންގަނޑަކީ ތިޔަ ހީކުރަމުން އަންނަ ކަހަލަ އާދައިގެ ފެންގަނޑެއް ނޫން. .. ތިޔަ ހީކުރަނީ އެއީ ހަމަ ގުދުރަތީ ގޮތުން އެތާނގައި އަބަދުހެން އޮންނަ ފެންގަނޑެއް ކަމަށް ތަ....؟ ނޫން......އެއީ މީގެ އެތަކެއް ހާސް އަހަރުތަކެއްގެ ކުރީގައި އެ ތަން ރައްކާތެރިކުރުމުގެ ގޮތުން ގެނެވިފައިވާ ފެންގަނޑެއް."
މިހެން ޝަބީބާ ކަމަނާ ވިދާޅުވުމުން ކުއްލިއަކަށް މުއާވިޔަތު ސިހުންވެވަޑައިގަތެވެ. ހައިރާންފުޅުވެ ހުންނަވައި މުއާވިޔަތު ދެންވިއެވެ.
"ޝަބީބާ ކަމަނާ ތިޔަ ބުނާ އެއްޗެއް އަހަރެންނަކަށް އަދިސާފެއް ނުވޭ!؟ ތިޔަ ކިޔަނީ ކީކޭތަ؟"
މުއާވިޔަތު ސުވާލު ކުރެއްވިއެވެ.
ޝަބީބާ ކަމަނާ މިހުރިހައި ވާހަކަފުޅެއް މުއާވިޔަތަށް ވިދާޅުވެދެއްވަން ޖެހިވަޑައިގަތުމުން ވަރަށް ހިތްވަރުފުޅު ކުރެއްވިއެވެ. މިހާރު ޝަބީބާ ކަމަނާ އެ ހުންނެވީ އެ ކަމަނާގެ އަމިއްލަފުޅު އާއިލާގެ ބޭފުޅުންނަށް ވެސް ފެނިވަޑައިނުގަންނަ ގޮތަށް ފޮރުއްވައިފައެވެ. އެ ކަމަނާ މިހާރު އެ ހުންނެވީ ހަމަ އެކަނި މުއާވިޔަތަށް އެކަނި ފެނިވަޑައިގަންވާ ގޮތަށް އަދި އެހެން ބަޔަކަށް ނުފެންނަ ގޮތަށް ފޮރުވިވަޑައިގެންނެވެ. އެއީ އެކަމަނާ ގެ ހަށިކޮޅުން އަލިކަމެއް ފާޅުވެ ހުންނެވި ތަނުން ގުޑައިވެސް ނުލެއްވުމުންއެވެ. މިހެން ހުންނެވުމަށް ފަހު ޝަބީބާ ކަމަނާ ވާހަކަފުޅު ދައްކަވަން ފެށްޓެވިއެވެ.
"އެ ފެންގަނޑަކީ އާދަޔާ ޚިލާފު ތަނެއް ކަން މުއާ ހަނދާން އެބަ ހުރިތަ...؟"
ޝަބީބާ ކަމަނާގެ ވާހަކަފުޅުތަކުން ހައްތާ ވެސް މުއާވިޔަތުގެ ހިތަށް ޖަމާވަނީ އަދި ސިކުނޑިފުޅު ފުރެމުންދިޔައީ އެކިއެކި ސުވާލުތަކުންނެވެ. އޭނާއަށް އެނގޭހައި ވެސް އެއްޗަކީ ޕަރީފެންގަނޑަކީ އަބަދު ވެސް ލ. ގަމުގައި ގުދުރަތީ ގޮތުން ހެދިފައި އޮންނަ ބޮޑު ކުޅިއެއްކަމެވެ. އެއީ ދިވެހީންގެ ދޫދޫމަތިން އެ ފެންގަނޑަށް ކިޔައިއުޅުނު ނަމެކެވެ.
ޝަބީބާ ކަމަނާއަކީ ޖިންނީންގެ ތެރޭގައި ހިމެނޭ ޖިންނި އަންހެން ސާހިބާއެކެވެ... ޝަބީބާ ކަމަނާ ފަދަ ރީތި ޕަރީޒާދެއް މުއާވިޔަތު ކަހަލަ އިންސާނަކާ ލ. ގަމުގައި އޮތް ފެންގަނޑަކުން ދިމާވެ ގުޅުން ބަދަހި ވުމަކީ އޭނާ ނޫން އެހެން މީހަކަށް ލިބޭނެ ފުރުސަތެއް ނޫނީ ނަސީބަކަށް ނުވާނެއެވެ. ޝަބީބާ ކަމަނާ ވިދާޅުވިއެވެ..
"އަހަރެންގެ ހިތަށް އަރާ... އެ ފެންގަނޑުން ފެންފޮދެއް އަހަރެން މިހުރި ހިސާބަށް ގެނެވޭނެ ބާވައޭ... އޭރުން ފަހަރުގައި އަހަރެންނަށް މި ޖެހިފައިވާ އުނދަގުލުން ސަލާމަތް ވެވިދާނެ."
މުއާވިޔަތަކަށް އެކަމެއް ނުކުރެއްވޭނެއެވެ. އޭނާއަކަށް ޝަބީބާ ކަމަނާގެ ބައްޕާފުޅުގެ އަރިހުގައި ވެސް އެ ފެންގަނޑުން ފެންފޮދެއް ގެނެސްދެއްވަން އެދި ދަންނަވާކަށް ނުކެރޭނެެއެވެ. އެއީ އެ ކަމުގައި ވަރަށް ވެސް ބޮޑެތި ސަބަބުތަކެއް ހުރީމައެވެ. ދެން ޝަބީބާ ކަމަނާ މުއާވިޔަތަށް އެ ފެންގަނޑާ ބެހޭ ވަރަށް ބޮޑު ސިއްރީ ވާހަތަކެއް ވިދާޅުވެދެއްވަން ފެށްޓެވިއެވެ.
"ހަގީގަތުގައި ލ. ގަމުގައި އެ އޮންނަ ބޮޑު ފެންގަނޑަކީ އަހަރެމެންގެ ނަސްލުގެ މީހުން ފެންވަރަން އެރުނު ފެންގަނޑެއް ކަމުގައި ވަނީ ވެފައި... އެ ފެންގަނޑު ވާނީ އެހެން ނަސްލުގެ އެހެން ޖިންނީންގެ ލޯތަކަށް ނުފެންނަ ގޮތަށް ރައްކާތެރި ކޮށްފައި. އަހަރެންގެ ބައްޕާފުޅު ޕަރިސްތާނުގެ ރަސްގެފާނު ވާނީ އެ ފެންގަނޑު ހިމާޔަތް ކޮށްދެއްވާނެ ކަމަށް ޒަދްރާ ރަނިކަމަނާއަށް ވަޢުދުވެ ވަޑައިގެންފައި... ހަގީގަތުގައި އެ ފެންގަނޑަކީ ޒަދްރާ ރަނިކަމަނާ ނާނޭފުޅުފިއްލަވަން ކޮންމެ ހުކުރު ދުވަހެއްގައި އެރިވަޑައިގެންނެވި ފެންގަނޑު!."
އެކަމަނާއަކީ، ދުނިޔެ ދުށް ލޮއިގެ ޒަމާނުގެ ވެސް މާ ކުރީ ޒަމާނެއްގައި އުޅުއްވި ރަނިކަމަނާއެކެވެ. މި ކަމަނާގެ ފިރިކަލުންނަކީ ޖިންނީންގެ ބާރު ގަދަ ރަސްކަލެކެވެ. އެ ރަސްގެފާނު އެ ކަމަނާއާ ކައިވެނިފުޅުބައްލައިގެންނެވި ދުވަހު އެކަމަނާއަށް ހަދިޔާ ކުރެއްވި އެންމެ އަގުހުރި ދެ ހަދިޔާއަކީ އަޖައިބުކުރުވަނިވި ފެންގަނޑައަކާއި އަންތަރީސްކުރުވާ ފަދަ ރަތް ޔާގޫތެއް ޖެހި އަނގޮޓިފުޅެވެ.
މި އަނގޮޓިފުޅުގައި ﷲގެ އިސްމުފުޅު ލިޔެވިގެންވެއެވެ. މި އަނގޮޓިފުޅަކީ ހަގީގަތުގައި ޖާދޫގެ ވަރަށް ބޮޑު ބާރުތަކެއް އެކުލެވޭ އަނގޮނޓިފުޅެކެވެ. އެ އަނގޮޓރިފުޅު ފެންގަނޑަށް ލުމުން އެ ފެންގަނޑު ވެސް ބަދަލުވަނީ އާދަޔާ ހިލާފު ފެންގަނޑަކަށެވެ. އެއީ އެކަމަނާއަކީ އިންސިޔަކަށް ވުމުން އެ ރަސްގެނފާނުގެ އެދުންފުޅަކީ އެ ކަމަނާ ދުވަހަކު ވެސް މުސްކުޅިފުޅު ނުވާނޭ ފަދައަކުން ކަމެއް ކުރެއްވުމެވެ. އެ ކަމަނާ މި ފެންގަނޑުން ނާނޭފުޅުފިއްލަވާހައި ހިނދަކު އެކަމަނާ އިންނަވާނީ ޒުވާންކަންމަތީގައެވެ.
މިހެން ޝަބީބާ ކަމަނާ ވިދާޅުވުމުން މުއާވިޔަތު އަޖައިބުވެ އަންތަރީސްވި ކަހަލައެވެ. ޝަބީބާ ކަމަނާ އެ އެ ދައްކަވާ ވާހަކަފުޅުތަކަކީ ހަމަ ހަގީގަތެއް ބާވައޭ މުއާވިޔަތުގެ ހިތްޕުޅަށް އަރަމުން ދިޔައެވެ. މުއާވިޔަތު ވަރަށް ހައިރާން ވާފަދަ ގޮތަކަށް އާގަންނަމުން ޝަބީބާ ކަމަނާ އާ ސުވާލުކުރިއެވެ.
"ޝަބީބާ ކަމަނާ ! ތިޔަ ވިދާޅުވާ ފެންގަނޑަކީ ތިޔަހައި ކުރީ ޒަމާނެއްގެ ތަނަކަށްވީ އިރު އެ ތަން ރާއްޖޭގެ ރަށެއްގެ ތެރެއަށް ލެވި ގެނެވުނީ ކިހިނަކުން....؟ ތިޔައީ އެހައި ކުރީޒަމާނެއްގައި މީހުންގެ ހިޔާލުން ވެސް ފޮހެވިފައިވާ ތަނަކަށްވީ އިރު ތިޔަ ކަން ޝަބީބާ ކަމަނާ އަށް އެނގިވަޑައިގަތީ ނޫން ނަމަ ތިޔައީ ހަގީގަތެއް ކަން އެނގިވަޑައިގަތީ ކިހިނަކުން...... ؟"
ޝަބީބާ ކަމަނާ ދައްކަވާ ވާހަކަފުޅުތައް މުއާވިޔަތަށް ގަބޫލު ނުކުރެވޭނޭކަން ޚުދު އެ ވާހަކަފުޅުތައް ދެއްކެވުމުގެ މާ ކުރީން ވެސް ޝަބީބާ ކަމަނާ އަށް އެނގިވަޑައިގަނެއެވެ. ޝަބީބާ ކަމަނާ ވިދާޅުވިއެވެ.
"މުއާއަށް އަހަރެން މި ވާހަކަތައް މި ކިޔައި ދެނީ މިހާރު އަހަރެންނަށް ވެފައި ހުރި ގޮތަކުން..... އެހެންނޫން ނަމަ އަހަރެން މިހައި ބޮޑު ސިއްރުވެރި ވާހަކައެއް މުއާއަށް ވެސް ކިޔައެއް ނުދޭނަން....."
އެކަމަކު ޝަބީބާ ކަމަނާ އަށް ހަމަ ޔަޤީނުން ވެސް އެބަ ބޮޑު ބަދަލެއް އާދެއެވެ. އެ ކަމަނާގެ އަމިއްލަފުޅު އިޚްތިޔާރުގައި އެއްވެސްކަމެއް ނުކުރެއްވެވި އެހެން ހުންނަވަން ޖެހުމާއެކު ކޮންމެވެސް ކަމެއް ގޯހުން ގޯހަށް ދާކަން ހަމަޔަޤީންކަމާއެކު އެ ކަމަނާއަށް އިހްސާސްކުރެއްވުނެވެ. ޝަބީބާ ކަމަނާ އަށް ދިމާވެވަޑައިގެންފައި އެ ހުރި ކަމެއްގެ ސަބަބުން އެ ކަމަނާއަށް އެނޫން އެހެން ގޮތެއް ނެތުމުން އެ ކަމަނާ މިހާރު އެ ހުންނެވީ ގަނޑުވަރުގެ ސިއްރުވެރި ބޮޑު ވާހަކައެއް މުއާވިޔަތު ައަރިހުގައި ވިދާޅުވާން ނިންމަވައިގެންނެވެ. އެހެންނޫންނަމަ ޚުދު މުއާވިޔަތު އަރިހުގައި ވެސް އެ ފަދަ ބޮޑު ސިއްރެއް އެ ކަމަނާއެއް ވިދާޅެއް ނުވާނެއެވެ.
ގަނޑުވަރުގެ އެއްވެސް ސިއްރުވެރި ވާހަކައެއް ވިޔަސް ފޮރުވިގެންވާ ކަމެއް ވިޔަސް މި ވީހައި ތަނަށް އެއްވެސް މީހެއްގެ ގާތުގައި ޝަބީބާ ކަމަނާ ވިދާޅެއް ނުވެއެވެ. އެ ކަމަނާގެ އަޑުފުޅުގައި ވެސް ވަނީ ހިތާމައިގެ އަސަރުފުޅެވެ. އެއީ ގޮތް ނޭނގޭ ކަންތައްތަކެއް އެ ކަމަނާއަށް އެ ވަގުތު ވަމުން އަންނާތީއެވެ. އެކަމަނާ ގެ މުޅި ހަށިކޮޅުން އަލިފާން ކަނި ބުރަން ފެށިއެވެ.
"މުއާ! އަހަރެން މި ބުނަން މި އުޅެނީ ކަމެއްގެ ހަގީގަތް... ދެނެއް އެ ކަމަކަށް ބަދަލެއް ނާންނާނެ...!"
މުއާވިޔަތު ވެސް ބޭނުންފުޅު ވަނީ ޝާބީބާ ކަމަނާ އަށް ޖެހިފައިވާ މުސީބާތުން ސަލާމަތް ވާށެވެ. މުއާވިޔަތަށް ކުރެވުނު ހުރިހައި ކަމެއް އޭނާ ޝަބީބާ ކަމަނާ އަށްޓަކައި ކޮށްްދޭން ހުރީ ތައްޔާރަށެވެ. މުއާވިޔަތަށް މި ކަމުގައި ކުރެއްވެން ހުރި ހުރިހައި ކަމެއް ކުރާނެއެވެ. އެއީ ހަމަ ޝަބީބާ ކަމަނާ ސަލާމަތް ކޮށްދިނުމަށެވެ. ޝަބީބާ ކަމަނާ ގަނޑުވަރުގެ ސިއްރުވެރި ބޮޮޑު ވާހަކަ މުއާވިޔަތަށް ވިދާޅުވެ ދެއްވަން ފެށްޓެވިއެވެ.
(ނުނިމޭ)
ރަންވަނަ އެއް މި ، މަމްދޫހުގެ މި ނޫން ވާހަކަ ވެސް ހުރޭތޯ؟ މަމްދޫހު ވާހަކަ ލިޔުށްވަން ފެއްޓެވީ އަލަށް ދެއްތޯ؟ ތިޔަ ބުރަމަސައްކަތުގަ މާތް ﷲ ބަރަކާތް ލަށްވާށި!
މިއީ ވަރަށް ރީތި ވާހަކައެއް. ފެށުން ވަރަށް ރީތި. ޥ.ދުވަސް ވެއްޖެ މިވާހަކައަށް އިންތިޒާރުކުރާތާ. މި ސައިޓުން މި ވާހަކަ ކިޔާލަން ލިބޭތީ ވ. ޢުފާވޭ
ހާދަހާ ގަދަ ނަންތަކެކޭ ދޯ. ޒަދުރާ ޝަބީބާ. ޙަހަަހައްގަޓަ މަބެނީ ޒުބޭދާ. މިޔާޓަ އެއްވަނައެކެ.
ފެށުން ކަމުދޭ. މިއީ ފުލޯކު ވާހަކަތަކަށް ދިރުމެއް. ފޫޅުދިގުހަންޑިފަދަ ޝަރަހަ ހަޑި ވާހަކަތަކަށްވުރެ މިކަހަލަ ހިޔާލުތައް ކަމުދޭ.
މިކަހަލަ ޖިންނި ވާހަކަ ކިޔުމާއި ލިޔުން އަދި ޖިންނި ފިލްމުތައް ބެލުމާއި ކުޅުން ހުއްޓާލަން ޖެހޭ. ޖިންނިންނަކީ ވާބައެއްކަމާއި ސިހުރު ފަދަ ކަންކަމަކީ ވާކަންކަން ޤަބޫލްކޮށް ރައްކާތެރިވެވޭނެގޮތްތައް ހޯދައި އަމަލުކޮށް އެވަރުން ފުއްދައިލާން ޖެހޭ. މިކަހަލަ އެއްޗެތިން ދޭހަކޮށްދެނީ ޖިންނިންނަށް އަހަރެމެންދޭ އަހައްމިއްޔަތުކަން އަދި ޝައުގުވެރިކަން.
ވާހްވާހްވާހް،????ހިތުގެ އަޑިން. މިއީ????އިގެ ވާހަކައެއް.????ހިތަށް މަންޒަރު ދައްކުވައިދޭ ???????????? ތަރިތަކުގެ ދަރުބާރުގައި????ހަނދުވަރުގެ އަލިކަމުގައި????ޕަރިސްތާނުގެ ގަނޑުވަރު ???? ގަނޑުވަރު ???? ޒަދުރާ ރަނިކަމަނާގެ ޖަވާހިރު އަނގޮޓިފުޅު???? މިއީ ޒުވާން، ތަނަވަސް ހިޔާލުތަކެއް ހުރި ފުރިހަމަ????️ ގަލަމެއްގެ ވެރިއެއް.✒️މަމްދޫހުގެ ގަލަމުން ލިޔުއްވާފައިވާ މި ވާހަކައަކީ ކިޔާ ފޫހިނުވާފަދަ ރީތި ވާހަކައެއް???? ޝުކުރިއްޔާ މަމްދޫހު. މިއީ މަމްދޫހުގެ ފޭނުންތަކެއް