ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވަން ރައީސް އޮފީހަށް ވަޑައިގެންފިއެވެ.

ޖޭޕީގެ ލީޑަރު ގާސިމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރެއްވުމަށް، ރައީސް އޮފީހަށް ވަޑައިގެންފައި މިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ރިޔާސީ ޕްރއިމަރީ ކާމިޔާބު ކުރައްވާފައި ވަނިކޮށެވެ.

އަދިހަމަ އެހެންމެ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމް ރައީސް އޮފީހަށް ވަޑައިގެންނެވުމުން އެންމެންގެ ސަމާލުކަމަށް އައިސްފައިވާ އެންމެ ބޮޑު އަނެއް ސަބަބަކީ ރައީސް އިބްރާހިމް ސޯލިހަކީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓުގެ ގޮތުގައި ހަމަޖެހިފައިވުމާއެކު މި ދަނޑިވަޅަކީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކުރީގެ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގާސިމާއެކު ކޯލިޝަން ހައްދަވާ ކަމުގެ އަޑުތަކެއް ގަދަވަމުންދާ ދަނޑިވަޅަކަށް ވާތީއެވެ.

ގާސިމް ރައީސް އޮފީހަށް ވަދެވަޑައިގަންނަވާ ތަން ފެންނަ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި ވަނީ އާންމު ވެފައެވެ. ރައީސްއާ ގާސިމު ބައްދަލުކުރައްވަމުން ގެންދަވާކަން ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ސެކްރެޓަރީ މުހައްމަދު ހިސާން އާއި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ 'ދައުރު'ނޫހަށް ކަށަވަރުކޮށްދެއްވާފައި ކަމަށް އެނޫހުން ވަނީ ހާމަކޮށްފައެވެ.

ރައީސް އިބްރާހިމް ސޯލިހުގެ ދައުވަތަކާއެކު އަދާލަތުން ވަނީ ސަރުކާރާއެކު ކޯލިޝަން ހަދާފައެވެ.