އެސްޓީއޯއިން ކުރިއަށް ގެންދާ އެސްޓީއޯ ވީކެންޑް ފިއެސްޓާ ހުޅުވާލުމާއެކުހެން އެތައް ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބެން ފަށާފައިވާ ކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ. އެސްޓީއޯ ވީކެންޑް ފިއެސްޓާއަކީ އެސްޓީއޯ ރަމަޒާން ބާޒާރާ ގުޅުވައި، 3 މާރޗް އިން ފެށިންގެން 18 މާރޗްގެ ނިޔަލަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި، ކޮންމެ ހަފްތާ ބަންދެއްގައި ކުރިޔަށްގެންދެވޭ ޚާއްސަ ޕްރޮމޯޝަނެކެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިއްކާ ހޯމް އެޕްލައަންސް ބައްލަވައިގަތުމަށް ހޭދަކުރައްވާ ކޮންމެ 1000 ރުފިޔާއަކާއެކު އިނާމެއް ލިބިވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެކަމަށް އެސްޓީއޯއިން މައުލޫމާތު ދީފައިވެއެވެ.

އެސްޓީއޯއިން އިތުރަށް ހާމަކުރައްވާފައިވާ ގޮތުގައި ވީކެންޑް ފިއެސްޓާގައި ޚާއްސަ ޑިސްކައުޓްތަކެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ރެކްލީސްކުރައްވައިގެން ވިޔަފާރިކުރައްވާ ފަރާތްތަކުންވެސް މި ފިއެސްޓާގެ ތެރެއިން ޚާއްސަ ޑިސްކައުންޓެއް ދެމުން ގެންދާނެކަމަށް ވެސް ހާމަކޮށްފައިވެއެވެ.

އެސްޓީއޯއިން ބުނެފައިވާ ގޮތުގައި ވީކެންޑް ފިއެސްޓާގައި ހަވީރު 4:30 ން 6:00 ށް ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތަކެއް ކުރިޔަށްގެންދެވޭނެއެވެ.

އަދި ރޭގަނޑު 8:30 ން 10:00 އަށް ފްރީ ޓޭސްޓިންގ ކުރިޔަށް ގެންދެވޭނެކަމަށް ބުނެފައެވެ.

މި ހަފްތާގެ ވީކެންޑް ފިއެސްޓާގައި ހުކުރު ދުވަހު ހަވީރުވެސް ވަނީ ފްރީ ޓޭސްޓިންގ ކުރިޔަށް ގެންދެވިފައެވެ.