ލިޓަން މަރާލިގޮތް ހާމަކޮށްފައިވާއިރު ގދ ތިނަދޫ 45 އަހަރުގެ މުހައްމަދު ނިޒާމުގެ މައްޗަށް ގަސްދުގައި ލިޓަން މެރުމުގެ ދައުވާއާއެކު އިރުރު 3 ދައުވާ ޕީޖީ އިން އޭނާގެ މައްޗަށް އުފުލައިފިއެވެ.

ނިޒާމާއާކު ތެޔޮބޯޓެއްގައި ފުރައިގެން ދިޔަ ބަނގްލަދޭޝް މުހައްމަދު ލިޓަންގެ މަރުގެ މައްސަލައިގައި، ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއެކު އިތުރު ތިން ދައުވާ އުފުލާފައިވާއިރު، ލިޓަން މަރާލިކަން ނިޒާމުގެ މައްޗަށް ލިޓަންގެ މަރުގެ ދައުވާ އުފުލަނީީ އޭނާ ކުރިކަމަކީ މީހަކު މަރުވުން ނޫން އެހެން ނަތީޖާއެއް ނުނިކުންނާނެ ކަމެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް، ވިދާޅުވި ކަމަކީ ކޮބައިކަން މިއަދު މިވަނީ ހާމަކޮށްފައެވެ.

ފިއުލް ޕަވާ ކުންފުނީގެ "ހޭދަކުރި" ދޯނީގައި ލިޓޮން އަދި ނިޒާމު ވިލިމާލެއިން ފުރައިގެން ދިއުމަށްފަހު ކަނޑުމައްޗަށް ގެއްލިގެން ވަނީ ރިޕޯޓު ކޮށްފައެވެ. ދެމީހުން އެދޯނީގައި ފުރައިގެން ދިޔައީ މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު ވަގުތެއްގައެވެ. މި ރިޕޯޓުކޮށްފައި ވަނިކޮށް ނިޒާމް ވަނީ މާލެއިން ފެނިގެންހައްޔަރުކޮށްފައެވެ. އެކަމަކު ލިޓަން އަދިވެސް ނުފެނެއެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، އެ މައްސަލައާ ގުޅިގެން ނިޒާމުގެ މައްޗަށް ތިން ދައުވާއެއް ކުރަން އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ގަސްދުގައި މީހަކު މަރާލުމުގެ ކުށް ސާބިތުވެއްޖެނަމަ ނިޒާމުގެ މައްޗަށް 10 އަހަރަށް ޖަލަށްލާން ނުވަތަ ގިސާސް ހިފަން ހުކުމްކުރާނެއެވެ. ލިޓަން މަރާލިކަަމުގެ ދައުވާ ނިޒާމުގެ މައްޗަށް ކުރަނީ އޭނާ ދެއްކި ވާހަކައެއްގެ ސަބަބުން ކަމަށް ޕީޖީ ވިދާޅުވެފައި ވާ ސަބަބަކީ ކޮބައިކުން މިއަދު ވަނީ ހާމަވެފައެވެ. "މުހައްމަދު ލިޓޮން މަރާލާފައިވަނީ މުހައްމަދު ލިޓޮންއަށް ނޭނގި ހުއްޓައި ކ. ގަލުފަޅު ކިޔާ ސަރަހައްދު ކައިރިއަށް މޫދަށް އޭނާ ކޮށްޕާ ވައްޓާލައިގެން. މިކަން ހިނގާފައިވަނީ 28 ޑިސެމްބަރު 2022 ދުވަހުގެ 19:00 އާއި 20:30އާ ދެމެދުގެ ވަގުތެއްގައި" ޕީޖީ އޮފީހުން ބުންޏެވެ.

ނިޒާމުގެ މައްޗަށް ކޮށްފައިވާ އަނެއް ދެދައުވާއަކީ، ވައްކަންކުރުމުގެ ކުށުގެ ދައުވާއާއި ޑައިމޯފިނުން މުއާމަލާތުކުރުމުގެ ކުށުގެ ދައުވާއެވެ.

ވައްކަންކުރުމުގެ ކުށުގެ ދައުވާއަކީ "ހޭދަކުރި" ދޯނީގައި ހުރި ލިޓޮންގެ 51،000 ރުފިޔާ ނިޒާމް ވަގަށް ނަގާފައިވާތީއެވެ. އެ ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ހުކުމްކުރާނެއެވެ.ނިޒާމު ދިރިއުޅޭ ގެ ކަމަށްވާ މއ. ޝާދީވިލާ ބަލައިފާސްކުރުމުގެ ތެރެއިން 3.2 ގްރާމް ޑައިމޯފިން ފެނިފައިވާތީ ކުރާ މަސްވުވާކެތީގެ ދައުވާގައި އެ ކުށް އޭނާގެ މައްޗަށް ސާބިތުވެއްޖެނަމަ 25 އަހަރަށް ޖަލައި 25،000 ރުފިޔާއިން ފެށިގެން 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމާނާކުރާނެއެވެ.