ނިއުޒިލޭންޑަށް ބާރުގަދަ ދެ ބިންހެލުމެއް އަތުވެއްޖެއެވެ.

ނިއުޒިލެންޑުގެ ކަރްމަޑެކް އައިލެންޑްސް ސަރަހައްދަށް 6.9 މެގްނެޓިއުޑް ބާރުމިނުގައި އެ ގައުމަށް ފުރަތަމަ ބިންހެލުން އައިސްފައި ވަނީ، 11:40 ގައެެވެ.

މީގެ އިތުރުން، ބާރުމިނުގައި ބިންހެލުން އައިތާ މިނެޓެއް ފަހުން ދެވަނަ ބިންހެލުމެއް އައިސްފައެވެ. ދެވަނަ ފަހަރަށްވެސް އެ ގައުމަށް އައިސްފައިވަނީ 6.9 މެގްނެޓިއުޑް ބާރުމިނުގެ ބިންހެލުމެކެވެ. މި ބިންހެލުން އައިސްފައި ވަނީ 11:41 ގައެވެ.

ނިއުޒިލެންޑުގެ އެއް ސަރަހައްދަކަށް ދެ ބިންހެލުންވެސް އައިސްފައިވާއިރު ފުރަތަމަ ބިންހެލުން އައިސްފައި ވަނީ 152 ކިލޯމީޓަރު އަޑިއަށް ކަމަށް ޔޫއެސްޖީއެސް އިން ވަނީ ބުނެފައެވެ. އަދި ދެވަނަ ބިންހެލުން އައިސްފައި ވަނީ 205.7 ކިލޯ މީޓަރު އަޑިއަށް ކަމަށްވެސް ބުނެފައި ވެއެވެ.

މި ބާރުގަދަ ބިންހެލުންތަކާއި ގުޅިގެން އެއްވެސް ތާކަށް ގެއްލުންތަކެއް ލިބުނު ކަމުގެ މައުލޫމާތެއް އަދި ލިބިފައެއްނުވެއެވެ. އަދި މި ދެ ބިންހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރުވެސް ނެރެފައެއް ނުވެއެވެ.