ކުރީގެ ބަންޑާރަ ނަައިބު ޑރ. މުނައްވަރު މިއަހަރު ބާއްވާ ރިޔާސީ އިންތިޙާބުގައި ވާދަ ކުރައްވާނެ ކަމަށް ނިންމަވައި، އެމަނިކުފާނުގެ ކެމްޕެއިން ޖަގަހަ ހުޅުވައިފިއެވެ. މިޖަގަހަ ހުޅުވައިފައިވަނީ މިއަދުގެ ފަތިހުގެ ވަގުތެއްގައެވެ. އެމަނިކުފާނު އެހެން ވިދާޅުވެފައިވަނީ މިއަދު ކޮށްފައިވާ ޓްވީޓަކުންނެވެ.
އަދި ޑރ. މުނައްވަރުގެ ކެމްޕެއިން ލޯގޯއަކަށް ބޭނުންކޮށްފައިވަނީ އައްޑޫއަތޮޅަށް ހާއްސަ ދޮންދީނިއެވެ
ޑރ. މުނައްވަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ނިންމާފައިވާއިރޔ އެމަނިކުފާނު ވަނީ ނިމިގެންދިޔަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ކެމްޕޭންގައި އަމަލީގޮތުން ބައިވެރިވެވަޑައިގެންފަ އެވެ.
މީގެ އިތުރުން އެމަނިކުފާނު މިފަހުން ގެންދަވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ޗާގޮސް މައްސަލައިގައި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ވަކިން ބޮޑަށް ފާޑުވިދާޅުވެ މިސަރުކާރުން ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި އެމަނިކުފާނު ވަނީ މީގެ ކުރިން އެމްޑީޕީގެ ރައީސް ކަންވެސް ކުރައްވާފައެވެ. ނަމަވެސް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ހަމައަށް ސިޔާސީ އެއްވެސް ހަރަކާތަކުން ފެނިފައެއް ނުވެ އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް އިއުލާނު ކުރައްވާފައިވަނީ އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން އެ ޕާޓީގެ ރައީސް މުހައްމަދު ނާޒިމުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.