މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާރވިސް(މެޓް)އިން ހއ. އަތޮޅުން ފެށިގެން ވ އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފިއެވެ.

އެ ސަރަހައްދަށް ހުދުސަމާލު ނެރެފައިވަނީ މިއަދު މެންދުރު 12:30 އިން އިރުއޮއްސި 18:30 އާ ހަމައަށެވެ.

މޫސުމާ ބެހޭ އިދާރާއިން ވިދާޅުވީ ހުދު ސަމާލު ނެރެފައިވާ ހިސާބުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށެވެ.

އަދި އެ ހިސާބުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރާ ކަމަށްވެސް އެފަރާރުންވަނީ ވަނީ ވިދާޅުވެފައެވެ.