ނ. ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫއަށް ބޭނުންވާ ބޮޑުހިލައިގެ އެންމެ ފަހު ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފި ކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

އެމްޓީސީސީއިން ވިދާޅުވީ ވެލިދޫ ދޯނި އެހެލާ ސަރަޙައްދު ހެދުމުގެ މަޝްރޫއުގެ 71 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން 1.5 ހެކްޓަރުގެ ބިން ހިއްކުމާއި 138،247 މީޓަރުގެ ސަރަހައްދެއް ލެވެލް ކުރުމާއި 214 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި 100 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެ އެވެ.

2021 ވަނަ އަހަރުގައި ސަރުކާރުން އެމްޓީސީސީ އާ ހަވާލުކުރި މި މި މަޝްރޫއު އަކީ 18.39 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.