އެޑިއުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު އަލީ ކިނޮޅަހު ކައުންސިލާ މިއަދު ބައްދަލުކުރެއްވައިފި ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީއިން އިތުރަށް ވިދާޅުވީ މި ބައްދަލުކުރެއްވުމުގައި އެ ރަށު ސްކޫލް އިތުރަށް ތަރައްޤީކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައި ކަމަށެވެ.

އަދި އެ ސްކޫލްގެ ކިޔެވުން އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ކިނޮޅަހު ސްކޫލަށް ޒިޔާރަތްކުރައްވާ ޑރ. އާއިޝަތު އަލީ ވަނީ އެ ސްކޫލުގެ ޕީ.ޓީ.އޭ އާއީ އެ ސްކޫލްގެ މުވައްޒަފުންނާވެސް ބައްދަލުކުރައްވާއިފައެވެ.