މ. މުލީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ވަނީ ސައިޓަށް ގެންދެވިފައިކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ. އަދި މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ގައު އެތުރުމުގެ މަސައްކަތްކަމަށްވެސް އެ ކުންފުނިން ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ދަށުން:

  • 33،888 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ބޭސިން ފުންކުރުން
  • 6،254 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުން
  • 465 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 89 މީޓަރު ސައަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 479 މީޓަރު ސަރަޙައްދެއްގައި އެއްގަމު ތޮށި ލުން
  • 3 މީޓަރު ފުޅާމިނުގެ ބްރިޖެއް އެޅުން
  • 2،730 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމެންޓް އެޅުން
  • އަދި ބަނދަރު ބައްތި އާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ އެވެ.

ސަރުކާރުން ހިންގާ މި މަޝްރޫޢުއަކީ 61.8 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.