ކ. ހިންމަފުށީގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ދެމުންގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، ސްޓެލްކޯއިން އެރަށަށް ފޮނުވި ޖަނަރޭޓަރު ސެޓް ބަހައްޓައި އެއިން ޚިދުމަތްދޭން ފަށައިފި ކަމަށް ސްޓެލްލޯއިން ބުނެފިއެވެ.

އެކުންފުނީން ބުނެފައިވަނީ އެރަށުގައި އަލަށް ބަހައްޓާފައިިވަނީ 800 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. "މި ޖަނަރޭޓަރުސެޓާއެކު، ހިންމަފުށީގެ ކެޕޭސިޓީ 1450kW އިން 2050kW އަށް ވަނީ އިތުރުކުރެވިފައި،" ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯއިން ގެންދަނީ އެކުންފުނީން ކަރަންޓުގެ ޚިދުމަތް ދެމުން ގެންދާ ރަށްރަށުގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާކޮށް ޚިދުމަތް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންނެވެ. ހިންމަފުށީީގެ އިތުރުން ވެސް ބައެއް ރަށްރަށުގެެ ކަރަންޓުގެ ޚިދުމަތް ރަނގަޅު ކުރުމުގެ މަސައްކަތް އެކުންފުނީން ދަނީ ކުރަމުންނެވެ.