ބްރެންޑަން ޖޭމްސް ފްރޭސަރ އޭ ބުނީމަ ނޭނގޭ މީހަކު ހުރެދާނެއެވެ. އެކަމަކު "ދަ މަމީ" އާއި "ޖޯޖް އިންދަ ޖަންގަލް" ފަދަ ފިލްމު ތަކުން 90 އިގެ ފަހުގެ އަހަރުތަކާއި 2000ހުގެ ކުރީ ކޮޅުގެ އަހަރުތަކުގައި ޒުވާން ހިތްތަކުގައި ރަސްކަން ކުރި އެކްޓަރޭ ބުނީމަ އެނގޭނެއެވެ.

ބްލޮކްބަސްޓާ ކޮމެޑީ، އަދި ޑްރާމާ ފިލްމުތަކުގައި ލީޑިން ރޯލްތައް ކުޅެގެން މަޝްހޫރުވެފައިވާ އެމެރިކާ-ކެނެޑާގެ އެކްޓަރެކެވެ. 1990 ވަނަ އަހަރު ކޮރްނިޝް ކޮލެޖް އޮފް ދަ އާޓްސް އިން ޑިގްރީ ހާސިލް ކުރެއްވި ފްރޭސާ ފިލްމީ ދާއިރާއަށް ތައާރަފްވީ "ޑޮގްފައިޓް" އިންނެވެ. ފްރޭސަރ އަށް އޭނާގެ ހޮލީވުޑް ކެރިއާރގެ އަސްލު ފެށުން ކަމަށްވާ ފުރަތަމަ ކާމިޔާބީ ލިބުނީ 1992 ވަނަ އަހަރު ކޮމެޑީ "އެންސިނޯ މޭން" އާއި ޑްރާމާ "ސްކޫލް ޓައިސް" އިންނެވެ.

އުމުރުން 54 އަހަރުގެ ފްރޭސަރު ފިލްމީ ހަޔާތާ ވަރަށް ދުރަށް ގޮސް އަހަރުތަކެއް ފަހުން އެނބުރި އައިސް ކުޅުނު އެންމެ ފުރަތަމަ ފިލްމު "ދަ ވޭލް" އޮސްކާއަށް ނޮމިނޭޓް ވުމުން އޭނާ ބުނެފައިވަނީ "ކެރިގެން އަމިއްލަ ނަފުސަށް އިތުބާރުކޮށްފައި ކުރިމަތިލައިފި އެއްވެސް ކަމެއްގައި ނާކާމިޔާބު ނުވާނެކަމަށެވެ. އަމުދުން އެކަމަކީ ތިމާގެ ހިތް އެދޭ ތިމާގެ ހަގީގީ "ޕެޝަން" ނުވަތަ ރޫހާނީ އަރާމު ލިއްބައިދޭ ކަމެއް ނަމަ އެކަމަކުން ފެއިލް ނުވާނެއެވެ." ފްރޭސާރ 2018 އިގަ ފިލްމީ ދާއިރާއިން ދުރަށް ގޮސް ހޮލީވުޑުން ގެއްލުމުން އޭނާއާ ބެހޭ ގޮތުން އެތައް ގިނަ ވާހަކަތަކެއް ފެތުރުނެވެ. ނަމަވެސް ހަގީގަތަކީ ފިލްމުތަކެއްގައި ސްޓަންޓް ޖެއްސުމުގެ ތެރޭގައި އޭނާއަށް ވީ އަނިޔާތަކެވެ.

އެގޮތުން، ފްރޭސާ ވަނީ ކަކުލުގެ ބައެއް ބަދަލުކުރުމާއި ބުރަކަށީގެ ފަރުވާއަށާއި ބުރަކަށީގެ ސާޖަރީތަކާއި ވޯކަލް ކޯޑް މަރާމާތު ކުރުން ފަދަ އެކި ސާޖަރީތަކުގެ ސަބަބުން ހަތް އަހަރު ވަންދެން ހޮސްޕިޓަލުގައި އުޅެން ޖެހުނު ކަމަށް ފްރޭސާވަނީ ބުނެފައެވެ. އަދި 2003ގައި ތުހުމަތުކޮށް ސޯޝަލް މީޑިޔާތަކުގައި ގަދައަށް އެނބުރެމުން ދިޔަ ޖިންސީފުރައްސާރައާއި އޭނާއަށް ޖިންސީ ގޯނާ ކުރުމުގެ ވާހަކަތައްވެސް ފްރޭސަރ ވަނީ ދޮގުކޮށްފައެވެ. އަދި އޭނާއަކީ ދާއިމީ ބޮޑު ބައްޔެއްގައި އުޅޭކަމަށް ބުނާ ވާހަކަވެސް ފްރޭސަރ ދޮގުކުރެއެވެ.

ފްރޭސަރ އެނބުރި އައިއިރު އޭނާގެ ހަށިގަނޑަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އެނބުރި ހޮލީވުޑްގައި ފިޔަވަޅު އެޅުމަށް ކުޅުނު "ދަ ވޭލް" އަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. ފްރޭސަރ އަށް ފިލްމުގެ ސްކްރިޕްޓް ލިބުނުއިރު އޭނާގެ ހަށިގަނޑުގެ ބަރުދަން އެތައް ކިލޯއެއް ލުއިވެފައިވާތަން ފިލްމުން ފެނެއެވެ."ދަ ވޭލް" ވަނީ އޮސްކާއަށް ނޮމިނޭޓް ވެފައެވެ.