ރޯދަ މަހުން ފެށިގެން ފިތުރު އީދު ނިމެންދެން ބަގީގެ އާންމު ދަތުރުތައް ހިލޭ ކުރާނެ ކަމަށާއި ހިދުމަތް ފަށާނީ މިމަހު 16 އިގައި ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރޯދަ މަހު ބަގީގެ އާންމު ދަތުރުތައް ހިލޭކުރި ނަމަވެސް، ކުލީ ދަތުރުތަކަށް އަގު ނަގާނެ ކަމަށެވެ. މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރޯދަ މަހު ބަގީގެ އާންމު ދަތުރުތައް ހިލޭކުރި ނަމަވެސް، ކުލީ ދަތުރުތަކަށް އަގު ނަގާނެ ކަމަށެވެ.

ބަގީގެ ހިދުމަތް ދިނުމަށް ސިޓީ ކައުންސިލުން އިލެކްޓްރިކް ވަނީ 10 ބަގީ ގެނެސްފަ އެވެ. އާންމުގޮތެއްގައި ކުރާ ކޮންމެ ދަތުރަކަށް ނަގާނީ 2 ރުފިޔާގެ ފީއެކެވެ. ނަމަވެސް، ރޯދަ މަހުން ފެށިގެން ފިތުރު އީދު ނިމެންދެން އެ ދަތުރުތައް ހިލޭ ކުރެވޭނެ އެވެ.

ފިތުރު އީދަށް ފަހު ވެސް ބައެއް ފަރާތްތަކަށް ބަގީގެ ހިލޭ ދަތުރު ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. އެގޮތުން 6 އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި އެންސްޕާގައި ރެޖިސްޓަރ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯމްގައި ދަތުރުކުރާ ދަރިވަރުންނަށް މި ފުރުސަތު އޮންނާނެއެވެ.

އަމިއްލަ ދަތުރުތަކުގެ އަގުތައް

  • 4 ސީޓްގެ ބަގީ: 6 ރުފިޔާ
  • 6 ސީޓްގެ ބަގީ: 10 ރުފިޔާ
  • 12 ސީޓްގެ ބަގީ: 15 ރުފިޔާ

ކުރިން އެ އަވަށުގައި ބަގީގެ ހިދުމަތް ދޭން ހަވާލުކުރި އަމިއްލަ ކުންފުނިން އެ ހިދުމަތް ހުއްޓާލުމުން، ސިޓީ ކައުންސިލުން ވަނީ ވިލިމާލޭގައި ބަގީގެ ހިދުމަތް ދޭން ފަށާފައެވެ. ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ކުރިން ހަވާލުކޮށްފައި އޮތީ އިމްޕްރިންޓް ކުންފުންޏާއެވެ. ފަހުން އެ ކުންފުނިން ވަނީ އެ މަސައްކަތް 99 ހޯލްޑިންސް ކުންފުންޏަށް ބަދަލުކޮށްފައެވެ.