އިންޓަރނޭޝަނަލް ޔުނިވަރސިޓީ އޮފް މަލާޔާ -ވޭލްސް (އައި.އެމް.ޑަބްލިއު) ޔުނިވާސިޓީގެ ދަރިވަރުން ގްރެޖުވޭޓް ވާނީ ވަޒީފާހޯދުމުގެ ތަމްރީނާއި، ވަޒީފާގައި ބޭނުންކުރެވޭނެ އެތައް ހުނަރުތަކެއް އުނގެނިގެންނެވެ. މި ތަމްރީން ކުރިއައް ގެންދަނީ ގިނަ ފަރާތެއްގެ އެހީ އާއި އެކުއެވެ. މިގޮތުން އައި.އެމް.ޑަބްލިއު އިން ގެންދަނީ، އެހެން ޔުނިވާސިޓީތަކާ ގުޅިގެން އެތައް މަސައްކަތްތަކެއް ކުރަމުންނެވެ.

ފަހަކަށްއައިސް ޔުނިވާސިޓީތަކުން ގްރެޖުވޭޓްވިޔަސް، ވަޒީފާއެެއް ނުލިބި ގިނަ ވަގުތުތަކެއް ވަޒީފާ ހޯދުމުގައި ހޭދަ ކުރަން ޖެހެއެވެ. ސަބަބަކީ ދަރިވަރު ކިޔަވާފައިވާ ރޮނގުން ގިނަފަހަރު އެވަގުތުގެ އިންޑަސްޓްރީގެ ފެންވަރާ ދިމާނުވާތީއެވެ. އެހެން ކަމުން ދަރިވަރުންނަށް މަސައްކަތުގެ ދާއިރާއިން ތަމްރީން ދޭންވަނީ ޖެހިފައެވެ.

އައި.އެމް.ޑަބްލިއު ގައި ބައިނަލް އަގުވާމީ ބްރޭންޑް ތަކުގެ ޝިއާރުތަކާ އެކު ޙާއްސަ މޮޑިއުލް ތަކެއް ހަދާފައިފައިވެއެެވެ. ވީމާ ދަރިވަރުންނަ ލިބޭ އިލްމަކީ އިންޑަސްޓްރީ އަށް ނުކުތުމުގައި ބޭނުންވާނެ މުހިއްމު އިލްމެވެ.

އެގޮތުން، ކޮމިއުނިކޭޝަންސް އަރޓް އަދި މީޑިއާ ފެކަލްޓީއިން ބުނެފައި ވަނީ މި މަސައްކަތުގެ ސަބަބުން ދަރިވަރުން ގްރެޖުއޭޓް ވާއިރު ދަރިވަރުން ނިކުންނާނީ ވަޒީފާއަދާ ކުރެވޭ ފެންވަރުގައި ކަމަށެވެ.

މީގެ އިތުރުން އައި.އެމް.ޑަބްލިއު އިން ވަނީ އިންޑަސްޓްރީ އެޑްވައިޒަރީ ޕެނަލްއެއް ގާއިމްކޮށްފައެވެ. މި ޕެނަލްގައި އެކުލެވޭނީ އެކި އެކި ދާއިރާތަކުގެ މާހިރުންނެވެ. މިކަމުގެ އުމްމީދަކީ ސްކޫލުން އުނގެނޭއިލްމާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމެވެ.

އައި.އެމް.ޑަބްލިއު އިން ދަރިވަރުންނަ ޑިގްރީ ދެނީ މި ޔުނިވާސިޓީގެ އިތުރުން ޔޫކޭގެ ޥޭލްސް ޓްރިނިޓީ ސެއިންޓް ޑޭވިޑް އިންވެސް ޑިގްރީ ލިބޭގޮތަށެވެ.

އިތުރު މައުލޫމާތަށް: +601136633644 ނުވަތަ Iumw.edu.my