މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. އެކުންފުނިން ވިދާޅުވީ ކަރަންޓް ކެނޑިދާނެކަމަށް ބެލެވެނީ މިއަދު މެންދުރުފަހު 2:30 އިން 5:30 އާ ދެމެދުގެ ވަގުތެއްގައިކަމަށެވެ.

އެގޮތުން މާލެއިން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓްލެކްކޯއިން ވިދާޅުވި ސަރަހައްދުތަކަކީ ހެންވޭރުގެ ބޮޑުތަކުރުފާނު މަގާއި، އަމީރު އަހުމަދު މަގުގެ އިތުރުން މެހެލިގޯޅިންނެވެ.

އެވަގުތުގައި އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރިއަށްދާނެކަމަށާއި އެ މަސައްކަތް ކުރަމުންދާއިރު ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާ ދަތިތަކަށް މައާފަށް އެދޭ ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

ސްޓެލްކޯއަކީ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދިނުމުގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ޚިދުމަަތްތެރި ކުންފުންޏެކެވެ.