ރ. މަޑުއްވަރީ ދެކުނު ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ހުރިހާ ޝިޕްމަންޓެއް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް އެމްޓީސީސީއިން ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދަނީ ބޭރުތޮށި ލުމުގެ މަސައްކަތާއި މޫރިންގ ބްލޮކްސް ހަރުކުރުމުގެ މަސައްކަތްކަމަށްވެސް އެ ކުފުންނިން ވަނީ ވިދާޅުވެފައެވެ.

މި މަޝްރޫޢުގެ ދަށުން ނިމިފައި ހުރި ކަންތައްތަކުގެ ތެރޭގައި:

  • 73,120 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުން
  • 7,280 ކިއުބިކް މީޓަރުގެ ނެރު ފުންކުރުން
  • 582 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުން
  • 2,840 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުން
  • ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ޖެޓީއެއް ހެދުން
  • ބަނދަރު ބައްތި ހަރުކުރުން

މީގެ އިތުރުން، ކުރިއަށް ހުރީ 135 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތްކަމަށް އެކުންފުނިން ވިދާޅުވިއެވެ.

މި މަޝްރޫޢަކީ 82.19 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.