ޑްރަގްސް ބޭނުންކުރާ މީހުން ހޯދަން ކުއްތާއާ އެކު ފުލުހުން ހުޅުމާލެ ބީޗުގައި ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުން ކުއްތާ ބޭނުންކޮށްގެން ރޫޓިން ފާސްކުރުމެއް ހުޅުމާލޭގައި ކުރިއަށް ގެންދާ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
މި ފަހަކަށް އައިސް ފުލުހުން އަންނަނީ މަސްތުވާތަކެތީގެ ވިޔަފާރި އާއި މަސްތުވާތަކެތި ބޭނުންކުރާ ތަންތަންބަލައި ފާސްކޮށް އެތަންތަނުން ގިނަ އަދަދުތަކުގެ މަސްތުވާތަކެތި ހޯދަމުންނެވެ.