މާލޭގެ ބައެއް ސަރަހައްދުތަކުން މިއަދުވެސ ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ. އެކުންފުނިން ވިދާޅުވީ ކަރަންޓް ކެނޑިދާނެކަމަށް ބެލެވެނީ މިއަދު މެންދުރުފަހު 2:30 އިން 4:30 އާ ދެމެދުގެ ވަގުތެއްގައިކަމަށެވެ.

އެގޮތުން މާލެއިން ކަރަންޓް ކެނޑިދާނެ ކަމަށް ސްޓްލެކްކޯއިން ވިދާޅުވި ސަރަހައްދުތަކަކީ، ގަލޮޅުގެ އަލިކިލެގެފާނު މަގާއި، ބޮކަރުމާ ގޯޅި، ހިތަށްފިނިވާމަގު، އަދި ކަޅުހުރާ މަގުންނެވެ.

އެވަގުތުގައި އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް ކުރިއަށްދާނެކަމަށާއި އެ މަސައްކަތް ކުރަމުންދާއިރު ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާ ދަތިތަކަށް މައާފަށް އެދޭ ކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.