ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް މާލެ ސަރަހައްދުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމެއެންޑީއެފުން ބުނީ މި މަހުގެ 20 އިން 24 އަށް އަސްކަރީ ތަމްރީނުތަކެއް މާލެ، ހުޅުލެ އަދި ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ ކަމަށާއި އެ ތަމްރީނުގައި ހުޅުމާލެ ފޭސް ދޭއްގައި އާންމުން ދިރިއުޅޭ ތަންތަނާއި ދުރު ހިސާބުތަކުގައި ބްލޭންކްސް އަދި ޕައިރޯޓެކްނީކްސް ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށެވެ.

މިދިޔަ މަސް ތެރޭގައި ވެސް ތަމްރީނުތަކެއް އެމްއެންޑީއެފުން ވަނީ ކުރިޔަށް ގެންގޮސްފައެވެ. އެމްއެންޑީއެފުން ދަނީ ދޭތެރެ ދޭތެރެއިން ހަތިޔާރާއެކު މިފަދަ އަސްކަރީ ތަމްރީނުތައް ބާއްވަމުންނެވެ.