އައްޑޫ ސޓީ ހިތަދޫ، އާގަލާ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ އޮޕަރޭޝަން ހުއްޓާލައިފިއެވެ. އެ މަސައްކަތް ހުއްޓާލީ 72 ގަޑިއިރަށް ފަހު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި އޮޕަރޭޝަނުގައި ކަނޑާއި ވައިގެ މަގުން ޖުމްލަ 2164 އަކަމޭލުގެ ސަރަޙައްދެއް ވަނީ ބަަލަައިފައެވެ.

އާގަލާ ބޯޓުން އެމީހާ ގެއްލުނީ މިދިޔަ އާދީއްތަ ދުވަހުގެރޭ 3:00 އެހައިކަންހާއިރު ބޯޓުގައި ރޯވި ހާދިސާގައެވެ. އެ ހާދިސާ ހިނގާފައިވަނީ ތުވަރު ސަރަހައްދުގައެވެ. ބޯޓުގައި ރޯވި އަލިފާން ކޮންޓްރޯލްނުވެސް ގޮޮސް އެންމެފަހުން ބޯޓުވަނީ އަޑިއަށް ގޮސްފައެވެ. އެ ހާދިސާ ހިނގިއިރު ބޯޓުގައިި 15 މީހުން ތިއްބެވެ. އެ އެންމެން ވަނީ ބޯޓުގައި ރޯވުމުން ކަނޑަށް ފުންމާލައިފައެވެ. އޭގެ ތެެރެއިބް ގެއްލިފައިވަނީ އިންޑިއާ ރައްޔިތެކެވެ.