ގދ.ފިޔޯރީ ކައުންސިލް-ފޭސް ޤްރުއާން މުބާރާތް ބާއްވަން ހަމަޖެހިފައިވާ ކަމަށް އެ ކައުންސިލުން ވިދާޅުވެއްޖެއެވެ.

އެ ކައުންސިލުން އިތުރަށް ވިދާޅުވީ މިއީ ފިޔޯރި ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާން ކިޔެވުމަށް ލޯބިޖައްސައި، ކީރިތި ޤްރުއާން ހިތު ދަސްކުރުމުގެ އިތުރުން، ތަޖްވީދު މަގަށް ކީރިތި ޤްރުއާން ކިޔެވުމަށް ހިތްވަރު ދިނުމުގެ މަޤްސަދުގައި ބާއްވާ ޤްރުއާން މުބާރާތެއް ކަމަށެވެ.

އެގޮތުން މި މުބާރާތް ބާއްވަން ހަމަޖެހިފައިވާނީ އަންނަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހާ ހަމަައަށެވެ. އަދި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މިމަހު 25 ވަނަ ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ފޭސް ޖަމިއްޔާގެ ތަދްރީސުލް ޤްރުއާން ކްލާހަށް ފޯމު ހުށައެޅުމަށްވެސް ފިޔޯރި ކައުންސިލުން އެދިފައިވެއެވެ،

މީގެ އިތުރުން މި މުބާރާތުން ވަނަވަނަ އަށް ދާ ފަރާތްތަކަށް ފައިސާގެ އިނާމުވެސް ދިނުމަށް ހަމަަޖެހިފައިވާ ކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

ފިޔޯރީ ކައުންސިލުން މި މުބާރާތުން ވަނަވަނަ އަށް ދާ ފަރާތްތަކަށް ދިނުމަށް ހަމަޖައްސައިފައިވާ ފައިސާގެ އިނާމު ތަކަކީ:

  • 1 ވަނައަށް ދާ ފަރާތަކަށް 10،0000ރ
  • 2 ވަނައަށް ދާ ފަރާތަކަށް 7000ރ،
  • 3 ވަނައަށް ދާ ފަރާތަކަށް 3000ރ

މުބާރާތުގެ އުމުރުދުރާތަކާއި މުޤައްރަރު

އިތުރު މައުލޫމާތު ހޯއްދެވުމަށް 9127715އަށް ގުޅުއްވުމުށް އެކައުންސިލުން އެދިފައިވެއެވެ.