ޝާހްރުކް ޚާން އާއި މަޝްހޫރު ތަމަޅަ ފިލްމު ލިޔެ ޑައިރެކްޓު ކުރާ އެޓްލީ ފުރަތަމަ ފަހަރަށް އެކުގައި ފިލްމަކުން ސަންޖޭދަތުވެސް ފެންނަން އުޅޭ ކަމުގެ ހަބަރު ފެތުރެމުން އެބަދެއެވެ. ދެކުނު އަދި ބޮލީވުޑްގެ މަޝްހޫރު ފަރާތްތަކުގެ މިކްސް އެއް އެކުލެވޭ ފިލްމު ޖަވާންއަކީ މިއަހަރު ހިންދީ ބަހުން ނެރޭ އެކްޝަން ތްރިލާ ފިލްމެކެވެ.
މިއީ އެޓްލީ ލިޔެ ޑައިރެކްޓް ކުރާ ފިލްމެކެވެ. މި ފިލްމުން ޝާހްރުކް ޚާންއާއެކު ފެނިގެންދާނީ ތަމަޅަ ފިލްމުތަކުން މަޝްހޫރުވެފައިވާ ވިޖޭ ސެތޫޕަތީ، ނަޔަންތަރާ، ސަންޔާ މަލްހޯތުރާ އަދި ޕްރިޔާމަނީއެވެ. އަދި މި ފިލްމުން އެޓްލީ އާއި ނަޔަންތަރާވެސް ބޮލީވުޑަށް މި ނުކުންނަނީ ފުރަތަމަ ފަހަރަށެވެ. ފިލްމުގެ މިއުޒިކް ތައްޔާރުކޮށްފައިވަނީ އަނިރުދު ރަވިޗަންދަރެވެ.
މި އެކްޝަން އެންޓަޓެއިންމަންޓަށް ޝާހްރުކް ޚާން އާއި ސަންޖޭ ދަތު އެއްކޮށް އަންނާނެ ނަމަވެސް ޝާހު އަށް މިދިން ރޯލަކީ މަޝްހޫރު އެކްޝަން ތަމަޅަ ސްޓާރ އައްލޫ އަރްޖުންއަށް ހުށަހެޅި ނަމަވެސް އޭނާގެ ފިލްމު "ޕުޝްޕާ"އަށް ވަގުތު ދިނުމަށް އިސްކަން ދިނުމުގެ ސަބަބުންނާއި ވަގުތު ދިމާނުވުމުން އެތައް އިންތިޒާރަކަށް ފަހު އެޓްލީ މި ރޯލަށް ޝާހު ހަމަޖެއްސީ ކަމަށްވެއެވެ.
އަދި މިފިލްމުގައި ޝާހުއާއެކު ހާއްސަ ފެނިލުމަކަށް ސަންޖޭދަތަށް ވެސް ވަނީ މުހިންމު ރޯލެއް ދީފައެވެެ. މިއީ ޝާހްރުކް ޚާންގެ ފިލްމަކުން ސަންޖޭ ހާއްސަ އެޕިޝަންއެއް ކުޅޭ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން އޭނާ ވަނީ ރާ ވަން އަދި އޯމް ޝާންތީ އޯމް ފަދަ ފިލްމުތަކުން ކުރުކޮށް ފެނިގެން ގޮސްފައެވެ.
ޖޫން 2، 2023 ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ އެކްޝަން އެންޓަޓެއިންމަންޓް މިފިލްމުގައި ޔޯގީ ބާބޫ، ސަންޔާ މަލްހޯތުރާ ފަދަ ތަރިން މުހިންމު ރޯލުތަކެއް ކުޅެފައިވެއެވެ.