އަނެއްކާވެސް "ސިންގަމް" އެއް އަންނަނީއެވެ. ރޯހިތު ޝެޓީ އޭނާގެ ހާއްސަ ސިންގަމް އަޖޭ ދޭވްގަން އާއެކު ތިންވަނަ ސިންގަމް އެއް ސިނަމާތަކަށް ގެންނަން އުޅޭކަމަށް ހަބަރުތައް ފެތުރިއްޖެއެވެ. ޑައިރެކްޓަރ ރޯހިތު ޝެޓީއަކީ ސިންގަމް، ސިމްބާ، ސޫރިޔާވަންޝީ ފަދަ ކޮޕްޔުނިވާސް ފިލްމުތައް ގެނެސްދިނުމުގައި މަޝްހޫރު ފަރާތެކެވެ.

މިފަހަރު ސިންގަމްގެ ތިންވަނަ ބައި މިއަހަރުގެ ޖުލައި މަހު ފެންނާނެ ކަމަށް ޑައިރެކްޓަރު ރޯހިތުޝެޓީ ބުނެފައިވާއިރު ޝެޓީގެ ހާއްސަ ޑައިރެކްޝަން ފެންނާނެ 2024 ގެ ދިވާލީގެ ފިލްމުވެސް މިހާރު ވަނީ ފަށާފައި ކަމަށް ހަބަރުތައް ބުނެއެވެ. މިހުރިހާ ކާމިޔާބީގެ ސިއްރަކީ ދިޕިކާ ޕަދުކޯން ކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

އަޖޭ ދޭވްގަން އާއި ރޯހިތު ޝެޓީގެ ފޭނުން ދަނީ އެމީހުންނާ ދެކޮޅަށް ފާޑުފާޑުގެ ޖެއްސުމުގެ ބަސްތައް ބުނަމުންދާ މީހުންނަށް ހިމޭން ރައްދުތައް ދެމުންނެވެ. އަޖޭމެންގެ ފޭނުންނާއި އެމީހުންނާ ދެކޮޅު ފަރާތްތަކުގެ ކޯޅުން އިންޓަނެޓުގައި ހޫނުވަމުން ދާއިރު އެމީހުންގެ ދެން އޮންނަ 'ބްލޮކްބަސްޓަރ' އާ ބެހޭ ގޮތުން ފޭނުން އަންނަނީ ޔަގީންކަން ދެމުންނެވެ.

ޑިސެމްބަރު 2022 ގައި ސާކަސްގެ ލަވަ ލޯންޗް ކުރިއިރު ރޯހިތު ޝެޓީ ވަނީ ވަރުގަދަ އަންހެން ކެރެކްޓަރެއް ސިންގަމް 3 އިން ފެންނާނެ ކަމުގެ އިޝާރާތެއް ކޮށްފައެވެ. އެހެންކަމުން މީގެ މާނައަކީ ތިންވަނަ ޗެޕްޓަރުގައި އަޖޭ ދޭވްގަންއާ އެކު ލޭޑީ ސިންގަމްގެ ރޯލުން ދީޕިކާ ފެނިގެންދާނެ ކަމަށް ބާރަށް އަޑު ދަނި ފެތުރި، ހޫނު ބަހުސަކަށް ފެތުރެމުންނެވެ.

ރިޕޯޓްތައް ބުނާނަމަ ޕަތާންގެ ބަތަލާ، ދިޕިކާ ޕަދުކޯން އޭނާގެ ޖާދޫގައ މިފަހަރު ރޯހިތު ޝެޓީގެ ސިންގަމްވެސް ޖައްސާނެއެވެ.