ސްޓެލްކޯއިން ބޭސިކް ފަސްޓް އެއިޑް ޓްރެއިނިންގ ޕްރޮގްރާމްތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އެކުންފުނިން ވިދާޅުވީ މި ޕްރޮގްރާމްތަކަކީ މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ސިއްހީ ކުއްލި ހާލަތްތަކަށް މުވައްޒަފުން އަހުލުވެރިވެ، ތައްޔާރުވެ ތިބުމަށް އުނގަންނައި ދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކެއް ކަމަށެވެ.
މީގެ އިތުރުން ވަޒީފާގެ މާހައުލުގައި، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މިކުންފުނިން އަބަދުވެސް އަހައްމިއްޔަތުކަން ދޭކަމެއް ކަމަށްވެސް އެކުންފުނިން ވަނީ ވިދާޅުވެފައެވެ.
ސްޓެލްކޯއަަކީ އެތަނުގެ މުވައްޒަފުންނަށް މިފަދަ ތަމްރީްތައް ދ ގާބިލް ބަޔަކަށް ހެދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކުންފުންޏެކެވެ.