އއ.ތޮއްޑޫއިން ތާޒާ ފަޅޯ(ރެޑް ލޭޑި) ޝިޕްމެންޓެއް އެސްޓީއޯގެ އެގްރީސެންޓަރަށް މިއަދު ލިބިއްޖެއެވެ.

ރޯދަމަހާ ކައިރިކޮށް އެ ސެންޓަރަށް ލިބިފައިވާ މި ފަޅޯ ހޯލްސޭލް ކުރަނީ ކިލޯއެއް 26 ރުފިޔާއަށެވެ. ފަސްކިލޯއިން ފެށިގެން ގިނައިން ގަންނަން ބޭނުންވާ ފަރާތްތައް 3012640 އަށް ގުޅުމަށް އެސެންޓަރުން އެދިފައިވެއެވެ. ނުވަތަ 7291130 އަށް ވައިބަރު ކުރުމަށް ވެސް އެދިފައިވެއެވެ.

އެސްޓީއޯ އެގްރީސެންޓަރަކީ ދަނޑުވެރިކަމުގެ ބާވަތްތައް ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދޭ ސެންޓަރެކެވެ. ފަޅޯގެ އިތުރުން ފަތްކޭލާއި ބަރަބޯފަދަ އެތައް ބާވަތެއް އެތަނުން ވިއްކައެވެ.