ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެނބުނު ކުއްޖަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ ސްވިމިން މާލޭ ޓްރެކް ސަރަހައްދުގައި ސްނޯކްލިންއަށް ގޮސް އުޅުނު ކުއްޖަކު ގެނބިގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު މެންދުރު 12:30 ހާއިރު ހޮސްޕިޓަލުން ފުލުހުންނަށް ދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ކުއްޖާއަށް ފަރުވާދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.