މިރޭ އިރާކޮޅު ގާތްގަނޑަކަށް 6:31 ހާއިރު ފުލުހުންގެ ކާރެއްގެ ފަަހަތުން ދުއްވާފައި އައި ސައިކަލެއް، ފުލުހުންގެ ކާރުގައި ޖެހި އެކްސިޑެންޓުވުމުން ސައިކަލް މަޑުކުރުމަށް އެންގުމާއެކު ސައިކަލު ދުއްވާފައި ދިޔަ ބާރު އެހެން އެކްސިޑެއްޓެއްވެ، ބުރިޖު މަތީގައި ވަނީ އެވަގުތު ޓްރެފިކް ޖޭމްވެފައެވެ.

ފުލުހުންގެ ކާރުގައި ޖެހުނު މިސައިކަލް މަޑުކުރުމަށް އެންގުމުންވެސް، ވަނީ މަޑުނުކޮށް ކުރިއަށް ދުއްވާފައެވެ. އެގޮތަށް މަޑުނުކޮށް ދުއްވާފައި ދަނިކޮށް ބްރިޖު މަތީ އެމްޓީސީސީގެ ބަހުގައާއި ފުލުހުންގެ ކާރުގައި ސައިކަލު ޖެހި އެކްސިޑެންޓު ހިނގާފައިވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. މިއެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށްވެސް ފުލުހުންގެ މައުލޫމާތުގައި ވެއެވެ. އެހެންނަމަވެސް ބަހަށާއި ފުލުސް ކާރަށް އަދި ސައިކަލަށް އެކިވަރުގެ އަނިޔާވެފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓު ހިނގުމަށް މެދުވެރިވި ސައިކަލު ދުއްވަން އިނީ 18 އަހަރު ނުފުރޭ ކުއްޖެއްކަމަށް ފުލުހުންގެ މައުލޫމާތުގައި ހާމަކޮށްފައިވެއެވެ.

މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.