ޝާހްރުކް ޚާންގެ ޖަވާން ސިނަމާތަކަށް އައުން ފަސްކޮށްފިއެވެ. ހަބަރުތައް ބުނާ ގޮތުގައި މިއީ ޕަތާންގެ ކާމިޔާބީއަށް އިތުރު ކުރިއެރުން ދިނުމަށް ކުރި ކަމެކެވެ.

މިދިޔަ ހަފްތާގައި ވަނީ ޝާހްރުކް ޚާނާއި ޑައިރެކްޓަރު އެޓްލީގެ "ޖަވާން" ބެލުންތެރިންނާ ހަމައަށް އަންނަ ވާހަކަ ވަނީ ފެތުރިފައެވެ. އެކްޝަން އެންޓަޓެއިންމަންޓް ފިލްމު ރިލީޒް ކުރަން ހަމަޖެހިފައިވަނީ ޖޫން މަހުގެ ދެވަނަ ދުވަހެވެ. ނަމަވެސް މިހާރު އިވޭ އަޑުތައް ބުނާ ގޮތުގައި "ޖަވާން" ސިނަމާތަކަށް އައުން ލަސްވެއްޖެއެވެ. އެގޮތުން މިހާރު މި ފިލްމު ސިނަމާތަކުގައި އަޅުވާނެކަމަށް ވަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅުގައެވެ. ޝާހުގެ ޕަތާނަށް ފަހު ދެން އެންމެ އަވަހަށް ފެންނާނީ "ޖަވާން" ކަމަށް ގަދަބަހުން އެޓްލީ ވަނީ ބުނެފައެވެ.

މިއަހަރު ދިޕިކާއާއެކު ޝާހު ފެނިގެންދިޔަ ޖޯންއަބްރަހަމްއާއި ސަލްމާން ވެސް ފެނިގެންދިޔަ "ޕަތާން" އަންނަނީ އަދިވެސް ކާމިޔާބު ކަމާއެކު ތަފާތު ގިނަ ރެކޯޑުތަކެއް ގާއިމު ކުރަމުންނެވެ.