ބިޝްނޯއީ ގޭންގު މީހަކު މަރާލާފައިވާ ކަމުގެ ތުހުމަތުގައި ސަލްމާން ހާނަށް އެ ގޭންގުން އިންޒާރުގެ މެއިލްއެއް ފޮނުވައިފިއެވެ. އަދި ސަލްމާން ހާނަށް ބިރުދައްކާފައިވާ މެއިލްގެ މިމައްސަލައިގައި ގޭންގްސްޓާ ބިޝްނޯއީ އާއި އެހެނިހެން މީހުންނާ މެދު މުމްބާއީ ފުލުހުން ވަނީ މިހާރު ފިޔަވަޅު އަޅާފައެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ލޯރެންސް ބިޝްނޯއީ ސަލްމާން ޚާނަށް އިންޒާރުދީ މެއިލްއެއް ވަނީ ފޮނުވާފައެވެ. މިމެއިލްގައިވަނީ ބިޝްނޯއީގެ ގޭންގް ކުރެން މާފަށް އެދުމަށް އަމުރުކޮށްފައެވެ. މާފަށް އެދެން ޖެހޭ ސަބަބެއް ކަމަށް ބުނެފައިވަނީ ހަމް ސާތު ސާތުހޭ ގެ ޝޫޓިން ކުރިއަށް ދިޔަ ދުވަސްކޮޅު ސަލްމާންހާން ބިޝްނޯއީ ގޭންގުގެ މީހަކު މަރާލާފައިވާތީކަމަށްވެއެވެ. 90 ގެ އަހަރުތަކުގެ ފަހުކޮޅު މި ގޭންގުގެ މީހަކު މަރާލުމުގެ މައްސަލައިގައި ސަލްމާންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވަނީ ކުރެވިފައެވެ.
އޭގެ ފަހުން މިހާރު މި އިންޒާރު ދިން އީމެއިލް އަށް ފަހު ހޮނިހިރު ދުވަހުގެ ރޭ ސަލްމާންހާންގެ މެނޭޖަރު ވަނީ މުމްބާއީ ފުލުހުންނާ ގުޅައިގެން އެއީމެއިލްއާ ބެހޭ ގޮތުން ޝަކުވާ ރަޖިސްޓްރީކޮށްފަ އެވެ. ރިޕޯޓްތައް ބުނާ ގޮތުގައި ޕޮލިސް ސްޓޭޝަންގެ އޮފިޝަލަކު ދިން ބަޔާނެއް ބުނާ ގޮތުން، މި ނުރައްކަލަށް ކަމާބެހޭ ފަރާތްތަކުން ވަނީ ސީރިއަސްކޮށް ސަމާލުކަންދީފައެވެ. އަދި ސަލްމާންގެ ސެކިއުރިޓީ ވަނީ އިތުރުކޮށް ވަރުގަދަ ކޮށްފައެވެ. އަދި އޭގެ އިތުރުން އިންޑިއާގެ ގާނޫނުލް އުގޫބާތުގެ 12 ވަނަ މާއްދާގެ (ބީ) އާއި 506 ވަނަ މާއްދާގެ (2) ގެ ދަށުން ވެސް އެމީހުން ވަނީ ޖިނާއީ ރޭވުމަކާއި ބިރުދެއްކުމުގެ ދައުވާ ހިމެނޭ ޝަކުވާއެއް ރަޖިސްޓްރީކޮށްފަ އެވެ.
ލޯރެންސް ބިޝްނޯއީ މިހާރު ހުރީ ޓިހާރުގެ ޖަލުގައި ކަމަށްވެއެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ޕަންޖާބީގެ މަޝްހޫރު މިއުޒީޝަން ސިދޫ މޫސެވާލާ މަރާލި ކަމުގެ ދައުވާއެވެ.
ބްލެކް ޕެންތަރ ބާ އޭނާގެ ގޭންގްގެ މީހަކީ އެފިލްމްގެ ޝޫޓިންގެ ދުވަސްވަރު ސަލްމާން ބްލެކްޕެންތަރ އެއް މަރާލައިގެން އެކަމުގެ ޝަރީޢަތްވެސް ވަނީ ހިންގާފަ