މާލެއިން މީހަކު ގެއްލިގެން ހޯދަން ފަށައިފި ކަމަށް ފުލުހުން ބުނެފިއެވެ.

ގެއްލިގެން ހޯދަމުންދަނީ މާލެ / ހ. ކޯލީފްލާވަރ، އަޙްމަދު ނާޝިދު (46އ) އެވެ. އޭނާ ހޯދަން ފަށައިފައިވަނީ މާރިޗު 15 ވަަނަ ދުވަހުން ފެށިގެން އޭނާއަށް ވީނުވީއެއް ނޭނގިގެން އާއިލާއިން ފުލުހުންނަށް ރިފޯޓްކުރުމުންނެވެ. ފުލުހަށް ރިޕޯޓުކޮށްފައިވަނީ މާރިޗު 19 ވަނަ ދުވަހުގެ ވަގުތެއްގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

އަޙްމަދު ނާޝިދު ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން ފުލުހުންގެ ކަމާގުޅުންހުރި އެންމެހާ ބަހާތަކަށް މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ އަދި އޭނާ، ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އޭނާ ހޯދުމަށްޓަކައި މިހާތަނަށް ފުލުހުން ކުރި މަސައްކަތުން އަދި ފެނިފައއެއް ނުވެެއެވެ. އެހެން ކަމުން ނާޝިދުއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.