ފިނިކުރި ކާނާގެ ބާވަތްތަކުގެ ވިޔަފާރި ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރަމުންދާ ހެޕީމާކެޓުގެ ފިހާރަތައް ރޯދަމަހު ހުޅުވާފައި ހުންނަ ގަޑިތައް އެކުންފުނީން ހާމަކޮށްފިއެވެ.

އެކުންފުނީން ބުނެފައިވަނީ ފިހާރަތައް ރޯދަމަހު ހުޅުވާނީ ހެނދުނު 9:00 އިން 12:00 އަށް ކަމަށެވެ. އެއަށްފަހު މެންދުރު 1:30 އިން އަސްރުނަމާދު ވަގުތާ ހަމައަށް ހުޅުވާފައި ހުންނާނޭ ކަމަށް އެކުންފުނީން ވަނީ ބުނެފައެވެ. އެހެންނަމަވެސް އެކުންފުނީގެ ހުރިހާ ފިހާރަތަކެއް ހުކުރު ދުވަހު ބަންދުވާނޭ ކަމަށް ވެސް ބުނެފައިވެއެވެ.

ހެޕީމާކެޓަކީ ކޮންމެ ރޯދަމަހަކާދިމާކޮށް ކާބޯތަކެެތީގެ އަގު ރައްޔިތުންގެ އަތްފޯރާ ފަށަށް ތިރިކުރާ މަޝްހޫރު ކުންފުންޏެކެވެ. މިފެށޭ ރޯދަމަހަށް ވެސް އެކުންފުނީގެ ފިހާާރަތަކުން ވަނީ ކާބޯތަކެތީގެ އަގުހެޔޮކޮށްފައެވެ. އެތަނުންނުންވަނީ ފިނިކުރި ކުކުޅުގެ އަގުވެސް ހެޔޮކޮށްފައެވެ. އޭގެ އިތުރުން ކުކުޅުފަޔާއިމ ކުރަނޑިއާއި، ބޯންލެސް ޗިކަންގެ އަގުތައްވެސް ވަނީ ހެޔޮކޮށްފައެވެ.