ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ މާލޭގައި ބޭއްވި މުޒާހަރާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުންގެ ތެރެއިން 17 މީހެއްގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ގެންދިއުމުން އެމީހުން ދޫކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ ކޯޓުން އެމީހުން ދޫކޮށްލާފައިވަނީ ޝަރުތުތަކާއެކު ކަމަށެވެ. އެހެންނަމަވެސް އެ ޝަރުތުތަކެއް ފުލުހުން ހާމައެއް ނުކުރެއެވެ.

މީގެ އިތުރުން ރައީސްގެ މޮޓީކޭޑަށް ހުރަސް އެޅިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 4 މީހުންގެ ތެރެއިން ދެ މީހަކު ބަންދުގައި ބައިތިއްބަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. އެ ދެމީހުންނަކީ އަންހެނަކާއި ފިރިހެނެކެވެ. އަނެއް ދެ ފިރިހެނުންގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ދީފައި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލާގައި ބަލަންޖެހޭ ކަންކަން ސިފައިންނާއި ފުލުހުންް ދަނީ ބަލަމުންނެވެ.