ރޯދަމަހު ރަހަމީރުކޮށް ހަވާދުލީބިސް، މުސަންމާރިހަ، މަސްރިހަ ފަދަ ބާވަތްތައް ކެއްކުމަށް ހަމަ އެންމެ މީރު "ޓްރިމޯ" ދިވެހި ހަވާދު ވަރެއް ނޯންނާނެއެވެ. މިއީ ހަރަދުކުޑަ، ބޭނުންކޮށްލަން ނުހަނު ފަސޭހަ ބާވަތެކެވެ. ހުރިހާ ރަހަތަކެއްވެސް ވަރަށް އެއްވަރަށް ހަމަހަމަކޮށް މި ހަވާދުގައި ހުރެއެވެ.

ދިވެހިހަނާކުރި ހަވާދު ތައްޔާރުކުރާ ގޮތަށް މިހަވާދު އުފެއްދުގައި ގާނާ ހަނާކޮށްފައިވާ ކާށިހުންޏާއި ދިވެހި ހަވާދު ތައްޔާރުކުރުމަށް ބޭނުން ކުރާ ބާވަތްތައް ބޭނުންކޮށްފައިވެއެވެ. އެހެންކަމުން ދަވިއްގަދު، އޯބަތް، ކުދިދިރި، ބޮޑުދިރި، ކާފޫރުތޮޅި، ކަރަންފޫ، ފޮނިތޮށި، ފިޔާ، ހިކަދިފަތް، ރާނބާފަތް، ލޮނުމެދު، އަސޭމިރުސް މިހެންގޮސް ދިވެހި ހަވާދު ހަނާކުރުމަށް ބޭނުންކުރާ ހުރިހާ ބާވަތްތަކެއް "ޓްރިމޯ" ދިވެހިހަވާދުގައި އެކުލެވިފައިވެއެވެ.

މިރަހަމީރު "ދިވެހިހަވާދު" ރާއްޖެ އެތެރެކޮށް، ހޯލްސޭލް ކުރަނީ

  • ހަލި ޕްރައިވެޓް ލިމިޓެޑް، ގުޅޭނެ ނަންބަރު: 7779609

ރީޓެއިލްކޮށް މި ހަވާދު ލިބެން ހުންނާނީ

  • ސަރޫނާ މާރޓް/އަލިކިލެގެފާނު މަގު، ގުޅޭނެ ނަންބަރު: 9500031
ހަވާދުލީބިސް، "ޓްރިމޯ"ދިވެހިހަވާދުގައި ބިހުގެ ރަހަ މާމީރު

ހަވާދުލީ ބިސް ތައްޔާރުކުރުމަށް ފެނުކައްކާފައި ހުރި ބިސް ތައްޔާރުކޮށް ނިންމާލުމަށްފަހު މީރުކޮށްހަނާކޮށްފައި ހުރި ފިޔާކޮޅަށް ޓޮމާޓޯ ޕޭސްޓު އަޅާ އެއްކޮށްލާށެވެ. ދެން "ޓްރިމޯ"މީރު ހަވާދުގެ މޭޒުމަތީ ބޮޑުސަމުސަލެއްގެ 1/2 އަޅާ އެއްކޮށްލާށެވެ. ރަހަލާވަރަށް ކުޑަލޮނުކޮޅަކުން ރަހަ ހެޔޮވަރުކޮށްލާށެވެ. ހަވާދުކޮޅު ރޯފިލަމުންދާއިރު 1/3ސަމުސާ ފެންފޮދެއް އަޅާށެވެ. ކުޑައިރުކޮޅަކު ހަވާދުޕޭސްޓު މަޑުގިނީގައި ބަހައްޓާށެވެ. އަދި ދެން ކައްކާފަ ހުރި ބިސްތައް ޕޭސްޓުގަނޑަށް އަޅާށެވެ.