އަފްޣާނިސްތާން ގަންދަހާރުގައި އަންހެނުންނަށް ޖިމްއެއް ހެދުމުން ބުނީ ހަރާމް ކަމެއްކަމަށެވެ. ފިރިހެނުން މިކަމަށް މަލާމާތް ކުރަމުން ބުނީ، މިއީ އިސްލާމީ ޝަރީއާއާ ޚިލާފް އަމަލެއް ކަމުގައެވެ.

އަންހެނުންނަށް ޖަމާއަތުގައި ހަމަހަމަކަން ހޯދައިދޭން މަސައްކަތް ކުރާ މަރްޔަމް ދޫރާނީ ބުނިގޮތުގައި އޭނާގެ ޖިމްއަށް އަންހެނުން ނިކަން ގަޔާވެއެވެ. ދުވާލެއްގެ މައްޗަށް ފަންސާހެއްހާ ކަނބަލުން މިތަނަށް ޒިޔާރަތް ކުރާކަމަށް އޭނާ ބުނެއެވެ.

ކަންދަހާރަކީ ތާލިބާންގެ ހަރުކަށިކަން ތަޖުރިބާކޮށްފައިވާ އަދި މިހަރުވެސް އެކަމުގެ އަސަރު މުޖުތަމައިން ފެންނާން ހުރި ތަނެކެވެ.

ދޫރާނީއަށް ވަނީ އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރުމުން އެމެރިކާގެ ރައީސް އޮބާމާގެ އިނާމްވެސް ލިބިފައެވެ. އޭނާ ރޭޑިއޯގައިވެސް މަސައްކަތް ކުރެއެވެ.

ދުރަނީގެ ބިރަކީ އެމެރިކާ ސިފައިން ފައިބައިގެން ގޮސްފިނަމަ، އަންހެނުންނަށް ދެން ވެދާނެ ގޮތަކާ މެދުއެވެ.

1996ން 2001އަށް ތާލިބާނުން އަފްގާނިސްތާންގައި ވެރިކަމުގައި ތިބި އިރު އެމީހުން އަންހެނުންނާ މެދު މުއާމަލާތްކޮށްފައިވަނީ ގޭގައި ގެންގުޅޭ ޖަނަވާރުންނާ އެއްފަދައިން ނެވެ. އަންހެން ކުދިން ކިޔެވުންވެސް މަނާކޮށް އިންސާނަކަށް ވީތީ ލިބެންވާ އަސާސީ ހައްގުތަކުންވެސް އެމީހުން ތިބީ މަހުރޫމް ކޮށްފައެވެ. ދީނުގެ ނަމުގައެވެ!