ގދ. މަޑަވެލީގައި ފިރިހެނަކު އަންހެނަކަށް އަނިޔާކުރި މައްސަލަ ތަހުގީގުކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ރިފޯމްމޫވްމަންޓް (އެމްއާރުއެމް) ކަމާ ބެހޭ ފަރާތަކަށް ގޮވާލައިފިއެވެ.

އެމްއާރުމުން ބުނެފައިވަނީ މިއީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށާއި މިއަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. "މި ޢަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި މައްސަލަ އަވަހަށް ތަޙުޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް މި ޕާޓީން ގޮވާލަން،" އެމްއާރުއެމުން ބުނެފައިވެއެވެ.

އެޕާޓީން ބުނެފައިވަނީ މިފަދައިން ގެވެށި އަނިޔާ ދިނުމާއި މާރާމާރީ ހިންގުމަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. މިފަދަ ކަންކަން ހިނގާނަމަ އެކަން ހުއްޓުވުމަކީ އިޖުތިމާޢީ ވާޖިބެއް ކަމުގައިވެސް އެމްއާރުއެމުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުންދަނީ ބަލަމުންނެވެ. އެކަމާ ގުޅިގެން ފުލުހުންވަނީ 33 އަހަރުގެ ފިރިހެނަކު ހައްރުކޮށްފައެވެ. އަނިޔާވި އަންހެން މީހާއަށް މަޑަވެލީ ސިއްހީމަޒުކަޒުގައި ފަރުވާދީފައިވެއެވެ. މިހާދިސާގައި ފިރިހެން މީހާ ވަނީ އަންހެން މީހާގެ އިސްތަށިގަނޑުގައި ހިފައި ދަމާފައިގެނެސް އަނިޔާކޮށްފައެވެ.