ހުޅުމާލޭ ފޭސް 2 ގެ ހުޅަނގު އުތުރު ކަންމަތީގައި ހުރި ކުނިތަކެއްގައި މިއަދު ރޯއްވެއްޖެއެވެ.

މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ހަވިރު 5:27 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެމައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސް، ހުޅުމާލޭ ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ވަނީ އެސަރަހައްދަށް ގޮސް އަލިފާން ނިއްވާލައިފައެވެ. އެސަރަހައްދުން އަލިފާން ނިއްވާލެވިފައިވަނީ ހަވީރު 5:56 އެހައިކަންހާއިރު ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.