މިއީ ހިތްގައިމު ލަވައެކެވެ. އަޑު އިވުމުން ރޯދަމަސް ހިތަށް ސިފަވެއެވެ. ހާއްސަކޮށް ހަވީރުގެ ގަޑިއެވެ. އެތައް އަަހަރެއްވީއިރުވެސް ބަދަލެއް ނާންނަ 'އަބަދަށްފެހި' މި ޕްރޮގްރާމް، މުހައްމަދުއްރަސޫލުﷲ ގެ ތީމް ލަވައިގެ ގޮތުގައި އިވެމުން ގޮސްފައިވާ ލަވައިގެ ރީމެއްކެއް ކަމަށްވާ އޮކެސްޓްރާ ލަވަ ވަނީ އެތައް ބައެއްގެ ހިތް އަތުލާފައެވެ. ދިވެހި ބަހުން މިލަވަ ތަރުޖަމާކޮށް ޔޫޓިއުބުގައި ހިއްސާކޮށްފައިވަނީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ވިޔަސް މިއީ މިއަދު އަހާލަންވެސް ހަމައާލަވައެއް ކަހަލައެވެ.
މުހައްމަދުރަސޫލުﷲ ސީރީޒްއަކީ ކޮންމެ އަހަރެއްގެވެސް ރޯދަމަހު ޓީވީއެމްއިން ގެނެސްދެމުންދާ ރަސޫލުންނާއި ނަބިއްޔުންގެ ސިލްސިލާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ދިވެހިންގެ ގިނަ ބަޔަކަށް ރޯދަމަހު އެންމެކަމުދާ ޕްރޮގްރާމްވެސްމެއެވެ. މިއަދުވެސް އެތައް ތަފާތު، ޒަމާނީ ޕްރޮގްރާމްތައް އޮތްއިރުވެސް މިސީރީޒަށް ލިބޭ ތަރުހީބު ވަކި ކުޑައެއް ނޫނެވެ. ކޮންމެ އުމުރަކަށްވެސް ބަލާލެވޭ މި ސީރީޒްއިން އިސްލާމްދީނުގެ މާޒީ، ރަސޫލުންނާއި ނަބިއްޔުންގެ ދިރިއުޅުންތަކުގެ ވާހަކަ، އިސްލާމްދީނަށްޓަކައި މުސްލިމުން ވެފައިވާ ޤުރުބާނީތަކާއި އީމާންތެރިކަމާއި އަގީދާގެ ގަދަފަދަކަން ފެނިގެންދެއެވެ.
*ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން / އާދަމް ނަޞީރު އިބްރާހީމް
މުޙައްމަދު ޔާ ރަސޫލު ޔާﷲ (މުޙައްމަދުގެފާނެވެ! މާތްﷲގެ ރަސޫލާއެވެ!)
ޔާޙަބީބަﷲ (މާތްﷲގެ ލޮބުވެތި ސާހިބާއެވެ!)
ޔާއަމީނުﷲ (މާތްﷲގެ އަމާނާތްތެރިޔާއެވެ!)
ޔާ ނަބިއްޔުﷲ (މާތްﷲގެ ނަބިއްޔާއެވެ!)
ޔާމުޙައްމަދު (މުޙައްމަދުގެފާނެވެ!) ޔާރަސޫލުﷲ (މާތްﷲގެ ރަސޫލާއެވެ!)
ދަޢުވަތު އިބްރާހީމް (ތިޔައީ، އިބްރާހީމްގެފާނުގެ ދަޢުވަތެވެ.)
ވަނުބޫއަތު މޫސާ (މޫސާގެފާނުގެ ނުބުއްވަތެވެ.)
ތަރުނީމަތު ދާއޫދު (ދާއޫދުގެފާނުގެ ތަރުނީމެވެ.)
ވަބިޝާރަތު ޢީސާ (ޢީސާގެފާނު ދެއްވި އުފާވެރިކަމުގެ ޚަބަރެވެ.)
ޞައްލަﷲ ޢަލައިހި ވަސައްލަމް މުޙައްމަދުން ރަސޫލުﷲ
މުޙައްމަދުން ފިލްޣުޔޫބް (ޣައިބުގެ ޢާލަމުގައި މުޙައްމަދުގެފާނު ވިއެވެ.)
ފީ ލައުޙިހަލްމަކްތޫބު (ލައުޙުލްމަޙުފޫޡުގައި ނަންފުޅު ލިޔުއްވިގެންވެއެވެ.)
ބުޝްރާ ތަހުއްޒުލްޤުލޫބް (ތިޔަ އުފާވެރި ޚަބަރު ހިތްތަކަށް ގުޑުން ގެނައެވެ.)
ޔާﷲ...އައްރަޙުމަތުލް މުހުދާތު (މާތްﷲގެ ޙަޟްރަތަށް ކުއްތަންވެ ހުރެ ދަންނަވަމެވެ.
ތިޔަ ރަޙުމަތްފުޅަކީ، މާތްﷲގެ ހަދިޔާއެކެވެ.)
ޔާﷲ...އައްރަސޫލް ވަލްއަންބިޔާއ (އިބަރަސްކަލާނގެ ފޮނުއްވި ރަސޫލުންނާއި ނަބިއްޔުންނެވެ.)
ޞަރްޙު ޢަޡީމުލް ބިނާ (އެ ބޭކަލުންނީ، ނުހަނު ހައިބަވެތި މާތް ބިނާއެކެވެ.)
ބަނާހު ރައްބުއްސަމާ (އެބިނާ، އާރާސްތު ކުރެއްވީ އުޑުތަކުގެ ވެރި ރަސްކަލާނގެއެވެ.)
މުޙައްމަދު މުންތަހާ (އެބިނާ، ބިނާކޮށް ނިންމަވައިލެއްވީ މުޙައްމަދު ފޮނުއްވެވުމުންނެވެ.)
ޞައްލަﷲޢަލާ މުޙައްމަދު (މުޙައްމަދުގެފާނުގެ މައްޗަށް މާތްﷲ ޞަލަވާތް ލައްވާށިއެވެ!)
ޞައްލަﷲ ޢަލައިހި ވަސައްލަމަ (އިތުރު އެކަލޭގެފާނުގެ މައްޗަށް މާތްﷲ ޞަލަވާތާއި ސަލާމް ލައްވާށިއެވެ!)
ޞައްލަﷲޢަލާ މުޙައްމަދު (މުޙައްމަދުގެފާނުގެ މައްޗަށް މާތްﷲ ޞަލަވާތް ލައްވާށިއެވެ!)
ޞައްލަﷲ ޢަލައިހި ވަސައްލަމަ (އިތުރު އެކަލޭގެފާނުގެ މައްޗަށް މާތްﷲ ޞަލަވާތާއި ސަލާމް ލައްވާށިއެވެ!)