އެމްއެމްޕީގެ ވެރިކަމެއްގައި ވާޒީފާނުލިބޭ ޒުވާނަކު ނުހުންނާނޭ ކަމަށް އެޕާޓީން ބުނެފިއެވެ. އެމްއެންޕީން ބުނެފައިވަނީ އެޕާޓީވެރިކަމަށް އަންނަން ބޭނުންވަނި ރައްޔިތުންނަށް ފުދުންތެރި ދިރިއުޅުމެއް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން އެޕާޓީގެ ވެރިކަމެއްގައި ރައްޔިތުންނަށް އާމްދަނީ އިތުރު ކުރުމަށް މަގުތަކެއް ހުޅުވައިދޭނޭ ކަމަށް ވެސް ބުނެފައިވެއެވެ.

އެގޮތުން އެންމެ އިސްކަމެއްދޭނޭ އެއްކަމަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދީ ވަޒީފާ ހޯދައިދިނުން ކަމަށް އެޕާޓީން ވަނީ ބުނެފައެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެޕާޓީން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓަކީ ޕާޓީގެ ރައީސް ކާނަލް މުހައްމަދު ނާޒިމެވެ. އޭނާއަކީ ހިންގުމުގެ ދާއިރާއާއި ވިޔަފާރީގެ ދާއިރާއާއި އެހެނިގެން ދާއިރާތަކުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ލިޑަރެކެވެ. އޭނާ ވިދާޅުވެފައިވަނީ ވަޒީފާ އުފެއްދުމަށްޓަކައި އިންޑަސްޓްރީތައް ރާއްޖޭގައި އިތުރުކުރައްވާނޭ ކަމަށެވެ. އޭގެ ސަބަބަބުން ގިނަ މީހުންނަށް ވަޒީފާލިބި އާއިލާތައް ފުދުންތެރިވާނޭ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.