1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ބާއްވާ އިޙްޔާ ފޯރަމްތައް މިރޭ ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީއިން އިތުރަށް ވިދާޅުވީ މިއަހަރު ޖުމްލަ 17 އިޙްޔާ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވާއިރު މާލޭގައި ނުވަ ޕްރޮގްރާމް އަދި އަތޮޅުތަކުގައި އަށް ޕްރޮގްރާމް ކުރިއަށް ގެންދާނެކަމަށެވެ.

އެގޮތުން، މާލޭގައި އިޙްޔާ ޕްރޮގްރާމްތައް އޮންނާނީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ 21:30ގައި އިސްލާމީ މަރުކަޒުގެ ހޯލްގައެވެ. އަދި އަތޮޅުތަކުގައި ހުކުރު އަދި ހޮނިހިރު ދުވަހުރޭ ރޭގަނޑު 21:30ގައެވެ.

އިޙްޔާ ޕްރޮގްރާމް (މާލެ):

  • 23 މާރިޗް 2023
  • 26 މާރިޗް 2023
  • 30 މާރިޗް 2023
  • 2 އެޕްރިލް 2023
  • 6 އެޕްރިލް 2023
  • 9 އެޕްރިލް 2023
  • 13 އެޕްރިލް 2023
  • 16 އެޕްރިލް 2023
  • 19 އެޕްރިލް 2023

އިޙްޔާ ޕްރޮގްރާމް (އަތޮޅުތައް):

  • 24 މާރިޗް 2023
  • 28 މާރިޗް 2023
  • 31 މާރިޗް 2023
  • 4 އެޕްރިލް 2023
  • 7 އެޕްރިލް 2023
  • 8 އެޕްރިލް 2023
  • 11 އެޕްރިލް 2023
  • 14 އެޕްރިލް 2023

އިސްލާމިކް މިނިސްޓްރީއިން އިތުރަށް ވިދާޅުވި ގޮތުގައި މިއަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް ކުރިއަށްގެންދާ އިޙްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމްގައި ތަޤްރީރުކުރައްވާނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ. އަޙްމަދު ޒާހިރު ޢަލީއާއި އައްޝައިޚް ޙަސަން ލަޠީފް މޫސާއެވެ.

މިރޭ އިސްލާމީ މަރުކަޒުގެ ހޯލްގައި އޮންނަ މި ޕްރޮގްރާމްގެ މައުޟޫޢުއަކީ ”ހެޔޮ ބަދަލަކަށް ރަމަޟާން” މި މައުޟޫޢުއެވެ.

އަތޮޅުތަކުގައި ބާއްވާ އެންމެ ފުރަތަމަ އިޙްޔާ ޕްރޮގްރާމް އޮންނާނީ އައްޑޫ ސިޓީގައެވެ. އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އިހްޔާ ޕްރޮގްރާމް އޮންނާނީ ހުކުރު ދުވަހުގެ ރޭ (24 މާރިޗް 2023) އައްޑޫ ހައި ސްކޫލް ހޯލްގައެވެ. ”ލޮބުވެތި ނަބިއްޔާ ﷺ ގެ ޙަޔާތްޕުޅުން” މި މައުޟޫޢުއަށް ތަޤްރީރުކުރައްވާނީ އަލްއުސްތާޛް މުޙައްމަދު އަނީލް އަދި ޑރ. ޢަލީ ޒާހިރުކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

އިޙްޔާ ފޯރަމްތައް ކުރިއަށްދާނީ ކޮންމެ ރެއަކުވެސް 21:30 އިން 22:30 އަށެވެ.