1444 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނަން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީއިން ވިދާޅުވީ އުމުރުން ދުވަސްވެފައިވާ ފަރާތްތަކާއި އޮންލައިންކޮށް ޒަކާތްދެއްކުމަށް އަހުލުވެރިނޫން ފަރާތްތަކަށް ޚާއްސަކޮށް މިމަހު 26 އިން ފެށިގެން މިނިސްޓްރީގެ ހޯލްގައި ޒަކާތް ބަލައިގަންނާނެކަމަށެވެ.

އެގޮތުން، އެ މިނިސްޓްރީން ޒަކާތް ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން 13:00އަށެވެ. އަދި ކައުންސިލްތަކުން ފިޠުރު ޒަކާތް ބަލައިގަންނަން ފަށާނީ ރަމަޟާންމަހު 4 ވަނަ ދުވަހުން ފެށިގެން ރަމަޟާންމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފިޠުރު ޒަކާތް ބަލައިގަތުން އޮންލައިންކޮށްވެސް ހަމަޖެހިފައިވާއިރު، ދިރާގުގެ ދިރާގުޕޭ، ދިރާގު އަދި އުރީދޫގެ އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އުރީދޫ ސެލްފްކެއަރ، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އިންޓަރނެޓް ބޭންކިންގ، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ، އަދި މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޭ މެދުވެރިކޮށް ޒަކާތްދެއްކޭނެއެވެ. ބަނޑޭރި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ އެންމެ ފަހު ދުވަހާ ހަމައަށް ޒަކާތްދެއްކޭނެ ކަމަށް އެފަރާތުން ވަނީ ވިދާޅުވެފައެވެ.

ރާއްޖެއިން ފިޠުރު ޒަކާތް ބަލައިގަންނަ ބާވަތްތަކާއި އަގުތައް:

  • އާދައިގެ ހަނޑޫ- 12 ރުފިޔާ
  • ތައިލެންޑް ހުދު ހަނޑޫ- 84 ރުފިޔާ
  • ރަތް ހަނޑޫ- 99 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އާދައިގެ) – 84 ރުފިޔާ
  • ބާސްމަތީ ހަނޑޫ (މޮޅު) -100 ރުފިޔާ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު) -125 ރުފިޔާ
  • އާދައިގެ ފުށް – 12 ރުފިޔާ
  • އާޓާ ފުށް – 75 ރުފިޔާ

މިއަދުން ފެށިގެން ފެށިގެން އޭޕްރީލް 18 ވަނަ ދުވަހާ ހަމައަށް ޒަކާތް ބަލައިގަންނަމުންދާނެއެވެ.