މަމްދުބެގެ ހަދިޔާ-1 "އެކުވެރި ކަމަކީ ގަދަފަދަ ބާރެކެވެ."

ލިޔުނީ: މަމްދޫހު އިބްރާހީމް

ހުރިހާ ކުދިން ގެ ހާލު ރަނގަޅުތަ؟ އިރާދަކުރެއްވިއްޔާ ހުރިހާ ކުދިންގެ ހާލު ރަނގަޅުވާނެ ކަމަށް އުންމީދު ކުރަމެވެ. މިއަދުގެ ވާހަކައިގެ މި ހާއްސަކޮށްލާ މަޢުޟޫއަކީ " އެކުވެރި ކަމަކީ ގަދަފަދަ ބާރެއް " މި ސުރުހީއަށެވެ.

ކޮން ކުދިންނަކަށް މާމުއި މީރުވަނީ؟ އެއީ ވަރަށް މީރު ފޮނި ރަހަ ދޭ އެއްޗެއްދޯ! މާމުޔަކީ ސިއްހަތައް ވަރަށް ފައިދާ ހުރި އެއްޗެކެވެ. މާމުއި ބޭނުން ކޮށްގެން ބޭސް ވެސް ތައްޔާރު ކުރާނެއެވެ. ތި ކުދިނަށް އެނގޭދޯ މާމުޔައް އިނގެރޭސި ބަހުން ކިޔަނީ "ހަނީ" މިހެންކަން؟ ވަރަށް މޮޅު އިނގޭ! ކޮން ކުދިނަކަށް އެނގެނީ މާމުއި އުފެދޭގޮތަކީ ކޮބައިކަން؟ މި ކިޔާދެނީ މާމުއި އުފެދޭގޮތް އިނގޭ!

މާމުއި އުފެދޭނީ ވަރަށް ކުޅަދާނަ ހިތްވަރު ގަދަ މަސައްކަތް ތެރި ކުޑަ ސުއިޕެއްގެ ސަބަބުންނެވެ. ހުރިހާ ކުދިންނަށް އެނގޭތަ މާމުއި ކުޅަނދުރަކީ ވަރަށް ބުރަމަސައްކަތެއް ކުރާ ކުޑަ ސޫތްޕެއްކަން؟ މިއަދުގެ ވާހަކައިގަ މި ހާއްސަކޮށްލަނީ ކުޅަދުނރާ ބެހޭގޮތުންނެވެ.

ކުޅަދުނރަކީ ބައިވަރު ބައިގަނޑަކަށް އުޅޭ ވަރަށް ހިތްވަރުގަދަ އެއްޗެކެވެ. އެސޮރުމެންގެ ކުޅަދުނރު ހަތާތަކުގައި ޤުދްރަތުން މާމުއި ތައްޔާރު ކުރެވޭނެ ގޮތްތައް ވާނީ ހަމަޖެހިފައެވެ. ހުރިހާ ކުޅަދުނރުތައް ދުވާލު އުޅޭނީ ދުނިޔޭގެ އެކި ދިމާލުގައި މާމަލުގެ ފޮނި ބުއިމުގައި އަވަދި ނެތިއެވެ. އެސޮރުމެން ބައިގަނޑުތަކަށް އެކުގައި ދުވާލު ބޭރުގައި ދަތުރު ކުރުމަށް ފަހު ހަތާކަށް އެބުނރި އަންނާނީ އެކި މަލުގެ ފޮނީގެ އަރަޤު ހިފައިގެނެވެ. ހުރިހާ ކުޅަނދުރުތައް ޖަމާވާނީ އެސޮރުމެންގެ ހާއްސަ އެކި ހަތާ ތަކަށެވެ. އަދި އެސޮރުމެންގެ މި ބުރަމަސައްކަތުން އެއްކުރެވުނު މާމުއިތައް ހަތާތަކުގައި ރައްކާކުރާނެއެވެ. ތިހުރިހާ ކުދިންނަށް އެނގޭތަ! މި ބައިވަރު ކުޅަދުނރުތައް ވެސް އުޅެނީ ވަރަށް އެކުވެރިކޮށް ކަން؟

އާނ! ވަރަށް ރަނގަޅު! ކުޅަނދުރުގެ މިސާލަކީ އެކުވެރިކަމެވެ. ދުވާލު ހުރިހާ ކުޅަދުނރެއް އެކި މަލުގެ ފޮނި ބޮއެފައި އެއިން ލިބޭ ފައިދާތައް ހިފައިގެން އަންނަނީ އެސޮރުމެންގެ ގެއަށެވެ. އެއީ ކުޅަދުނރުގެ ހަތާތަކެވެ. އަދި އެސޮރުމެންގެ މާމުއިތައް އެއްކޮށް ޖަމާކުރާނެއެވެ. ފަހަރަކު ކުޅަނދުރެއް މާމުއި ތައް ބާލުވައި އެއްކުރަމުން ގެންދާނެއެވެ.

އެހުރިހާ މީރު މާމުއި ތަކަކީ އެސޮރުމެން ބުރަމަސައްކަތުގެ ފޮނި ހަދިޔާއެވެ. އެހެންވީމައި ތި ކުދިންވެސް ވާންޖެހޭނީ އެއްކުއްޖަކު އަނެއްކުއްޖަކަށް އެހީތެރިކަން ދީގެން އުޅޭ ވަރަށް އެކުވެރި ކުދިންގެ ގޮތުގައެވެ. އެއްކުއްޖަކު އަނެއްކުއްޖަކަށް އޯގާތެރިކަމާއި ރަހްމަތް ތެރިކަން ބަދަހިކޮށް ބަސް އަހާ ރަނގަޅު ކުދިންގެ ގޮތުގައެވެ. ހުރިހާ ކުދިން ވެސް އަބަދުވެސް މި ހެޔޮނަސޭހަތް ޤަބޫލު ކުރަންވާނެ އިނގޭ؟ އެކުވެރި ކަމަކީ ގަދަފަދަ ބާރެކެވެ.