ބާޒާރުގައި ފަނިގިރާ ބާވަތްތަކަށް ބަލާލާއިރު މައިގަނޑު ގޮތެއްގައި އެއްޗެހީގެ އަގު އުޅެނީ 60، އާއި 100 އާ ދެމެދުންނެވެ. ފަނިގިރާ ބާވަތްތަކުގެ އަގު މިދަނީ ބޮޑުވަމުންނެވެ. އިއްޔެއަށްވުރެ މިއަދު އަގު ވަނީ އުފުލިފައެވެ. ކުރުނބާގެ އަގުމިވަނީ ބޮޑުވެފައެވެ. އިއްޔެ 30 ރުފިޔާއަށް ލިބެން ހުރި ކުރުނބާ މިއަދު ލިބެން ހުރީ 50-60 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. އަދި ކަންކުން މިއަދު ބޮނޑިއެއް ފަސްރުފިޔާއަށް ހުރިއިރު ރަށުތެރޭގެ ފިހާރަތަކުން ބޮނޑިއެއް ރެއިންފެށިގެން ދިހަ ރުފިޔާއަށް ފަނަރަ އަށް ވިއްކި އިރު ކުއްޅަފިލާފަތް ވިހިރުފިޔާއަށް ވިއްކާފައިވެއެވެ. މިއަދުވެސް ކަންކުންއާއި ކުއްޅަފިލާ ލިބުން ވަނީ ދަތިވެފައެވެ.
ތޮޅިމިރުސް 70 ރުފިޔާއަށް ކިލޯއެއް އުޅޭއިރު ގިތެޔޮމިރުސް ހުރީ 230-300 ރުފިޔާއަށް ކިލޯއެއް މަގުންނެވެ.
ފަލަމަޑި ތަރުކާރީ ބާވަތްތައް ކިލޯ މަގުން އުޅޭ އަގުތައް:
- ކިއުކަމްބާ 50-70 ރުފިޔާ
- އަލުވި 20 ރުފިޔާ
- ލޮނުމެދު 40 ރުފިޔާ
- ބަށި 65-70 ރުފިޔާ
- ޓޮމާޓޯ 60-30 ރުފިޔާ
- ބަޓާނާ 15-25 ރުފިޔާ
ފަނިގިރާ ބާވަތްތަކަށް ބަލާލާއިރު
- ފެޝަން ފުރުޓްކިލޯއެއް 90 ރުފިޔާއަށް
- ކަރާ ކިލޯއެއް 30 ރުފިޔާ
- އަނބު ކިލޯއެއް 80 ރުފިޔާ
- ރޮކް މެލަން ކިލޯއެއް 60 ރުފިޔާ
ކޭލުގެ އަގަށް ބަލާލާއިރު ފުސްކެޔޮ ކިލޯއެއް 80 ރުފިޔާއަދި އާދައިގެ ރަތްކޭލުން ދޮންކެޔޮ ކިލޯއެއް 70 ރުފިޔާ އަށެވެ.
ފަތްޕިލާވެލީގެ ބާވަތްތައް އުޅެނީ
- ކޮޕީ ފަތް 10 ރުފިޔާއަށް ބޮނޑިއެއް
- ރާނބާފަތެއް 5 ރުފިޔާއަށް ފަތެއް
- ކަންކުން 5 ރުފިޔާއަށް ބޮނޑިއެއް
- ކުއްޅަފިލާފަތް 15 ރުފިޔާއަށް ދެ ބޮނޑި
- ހިކަނދިފަތް 5-10 ރުފިޔާއަށް ބޮނޑިއެއް
ބާޒާރުގައި ބްރޮކޮލީ ވެސް މަދެވެ. ބްރޮކޮލީ ކިލޯއެއް 90 ރުފިޔާއަށް ލިބެން ހުރި އިރު، ކުއްޅަފިލާ ފަތް ބޮނޑިއެއް 15 ރުފިޔާއަށް ލިބެން އެބަ ހުއްޓެވެ. ކެބެޖް ކިލޯއެއް ލިބެން ހުރީ 15 ރުފިޔާއަށެވެ.