ގއ. ވިލިނގިލީ ބަނދަރު ތަރައގީ ކުރުމުގެ މަޝްރޫއޫގެ ތިންވަނަ ފިޔަވަހީގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން ވިދާޅުވީ މި މަޝްރޫއުގެ ދަށުން، އައު ހާބަ ފުންކުރުމުގެ މަސައްކަތް މިހާރު ވަނީ 45 އިންސައްތަ ފުރިހަމަކޮށްފައިވާކަމަށާއި އަދި، އެއްގަމު ތޮށި ލުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން:

  • 59,536.80 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ހާބަ ބޭސިން ފުންކުރުން
  • 275 މީޓަރުގެ ބޭރުތޮށި ލުން
  • 685 މީޓަރުގެ އެއްގަމުތޮށި ލުން
  • 613 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 105 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ ސަރުކާރުން ހިންގާ 107.86 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.