ޑްރަގް އެންފޯސްމަންޓަށް ހުށަހެޅި ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ހޯނޑެއްދޫ މީހަކު ހާޒިރުކުރުމަށް ބޭނުންވެ ފުލުހުން އިއުލާނު ކޮށްފިއެވެ.

މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ހޯދަމުންދަނީ، ގދ. ހޯނޑެއްދޫ / ދޯދި، މުޙައްމަދު އަކުރަމް ޢަބްދުލްޙަންނާން (33އ) އެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ، މުޙައްމަދު އަކުރަމު އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ތަހުގީގަށް ހާޒިރުވުމަށް އަނގާކަމަށެވެ.

އެގޮތުން މުޙައްމަދު އަކުރަމް، އަންނަ މަހު 13 ވަނަ ދުވަހު 14:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ، އަށް ހާޒިރުވުމަށް އަންގައިފައިވާ ކަމަށްވެސް އެފަރާތުން ވަނީ ވިދާޅުވެފައެވެ.