އެސްޓީއޯގެ މެނޭޖިންޑިރެކްޓަރ ހުސައިން އަމްރު އެމަގާމުން ވަކިކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން (ޕީސީބީ) އަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އަންގަވައިފި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން ވިދާޅުވީ މިއީ ސަރުކާރުގެ ކުންފުނުތައް ހިންގުމަށް ދޭތެރެދޭތެރެއިން ގެންނަވާ ބަދަލު ތަކުގެ ތެރެއިން ގެންނަ ބަދަލެއް ކަމަށެވެ. "އަމްރުވަކިކުރަން ޕީސީބީ އަށް ވަނީ އަންގަވާފައި. ސަރުކާރު ކުންފުނިތަކުގެ ހިންގުމަށް އަބަދުވެެސް ބަދަލުތައް ގެނޭ. އެގޮތަށް ގެންނަ ބަދަލެއްމިއީ،" މިިއުވާން ވިދާޅުވިއެވެ.

ރައީސް އަންގަވާފައިވަނީ އެސްޓީއޯގެ މެނޭޖިންޑިރެކްޓަރުގެ މަގާމުންނާއި ބޯޑުމެމްބަރު ކަމުގެ މަގާމުން އަމްރު ވަކިކުރުމަށެވެ. އަމްރުގެ މޭސްތިރިކަމުގައި އެސްޓީއޯއިން ގެންދަނީ ވިޔަފާރީގައި ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ.