ޖުމްހޫރީޕާޓީގެ ލީޑަރު އަދި މާމިގިލީދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް އަބަދުވެސް ހެޔޮއެދިވަޑައިގްނަނަވާ ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެއެވެ.

އޭނާ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ ފިކުރެއްގެ ދިރުންވާނީ ގާސިމްގެ ހަލާކަށް ކަމަށެވެ. އެފިކުރު އިމްތިޔާޒު ފަހުމީ ވިދާޅުވި ގޮތަށް ކިންގް މޭކަރަކަށް ނުވާނޭ ކަމަށް ވެސް ޝަރީފް ވިދާޅުވެފައިވެއެވެ.

"އަޅުގަނޑަކީ އަަބަދުވެސް ގާސީމް އިބްރާހީމަށް ހެޔޮއެދޭ ރައްޓެއްސަކަށްވާތީ ހަމަ ދަންނަވާލީ" ޝަރީފް ވިދާޅުވެފައިވެއެވެ.

އެމްޑީޕީ ދެބައިވެ ރައީސް ސާލިިހާއި ރައިސް ނަޝީދު ވަކިންް މަސައްކަތް ކުރައްވަން ފެށްޓެވުމުން ތަފާތު ވާހަކަތައް ދެކެވެމުންދަނިކޮށް ރައީސް ނަޝީދާއި ގާސިމް އިބްރާހީމް ވަނީ އެއްބަސް ކިޔައި މެނިފެސްޓޯއެއް އެއް އެކުލަވާލުމަށް ތައްޔާރުވެފައެވެ. ރިޔާސީ އިންތިޚާބުގައި ރައީސް ނަޝީދައި ގާސިމް އިބްރާހީމް އެކުގައި ފެނުމަކީ ގާސިމަށް އިންތިޚާބު ކާމިޔާބު ވެދާނޭ ފާލެެއް ކަމަށް ދެކޭ މީހުން ވެސް އެބައުޅެއެވެ. އެެހެން ނަމަވެސް ރައީސް ސާލިހު ވެރިކަމުގައި ހުންނަވަނިކޮށް އެމަނިކުފާނު ބަލިކޮށްލެވުމަކީ ފަސޭހަކަމަކަށް ނުވާނޭ ކަމަށް ވެސް ބައެއް މީހުންދަނީ ބުނަމުންނެވެ.

ރާއްޖޭގައި އައުގާނޫނުއަސާސީއެއް އެކުލަވާލިފަހުން ކޯލީޝަނެއް ނުހަދައި އެއްވެސް ބޭފުޅަކަށް ވެރިކަމަށް ވަޑައިގަނެވިފައެއް ނުވެއެވެ. ކޮންމެފަހަރަކުވެސް ކާމިޔާބުވެފައިވަނީ ގާސިމް އަރުއްވާ ފަޅިއެކެވެ. ގާސިމަށް ކިންމޭކަރގެ ނަމުން މުޚާތަބުކުރެވެން ފެށީ އެހިސާބުންނެވެ.