މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީ ވުމުގެ ފުރުސަތު ހުުޅުފައިވިއެވެ.

ހޯމްމިނިސްޓްރީން ވިދާޅުވެފައިވަނީ މިކަމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މާދަމާއިން ފެށިގެން އެޕްރީލް 2 އާ ހަަމަށް އޮންނާނޭ ކަމަށެވެ.

"ވޯޓު ރަޖިސްޓްރޭޝަން ފޯމް ބަލައިގަންނާނީ 2023 މާރިޗު 27،28،29،30 އަދި އެޕްރީލް 2 މިދުވަސްތަކުގެ ހެނދުނުގެ 9:30 އިން ފެށިގެން މެންދުރު 12:30 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގޭ 10 ވަނަ ފަންގިފިލާ) ގެ ރިސެޕްޝަނުންނެވެ.

މި އިންތިޚާބުގައި ހޮވުމަށް ހަމަޖެހިފައިވަނީ ތިން މެމްބަރެކެވެ. އެއީ މިޑިއާ ތަމްސީލްކުރާ މެމްބަރަކާއި އާންމުންގެ ތެރެއިން ދެ މެމްބަރެކެވެ.