ސަލްމާން ޚާން އާއި ޝާހްރުކް ޚާން އެކީގައި ވަރިންޑާރ ސިންގް ޣުމާންއާ ދެކޮޅަށް ހިންގާ ވަރުގަދަ "އެކްޝަން" މަންޒަރެއް ޓައިގާރ3ގައި ފެންނާނެކަމަށް އަޑުތައް ފެތުރެމުން އެބަދެއެވެ. ބެލުންތެރިންނަށް ވަރުގަދަ ސިހުމަކާއި ހައިރާންކަމެއް ގެނުވާނެ ވަރަށް ކުޅުވާކަމަށްވެއެވެ.

މަޝްހޫރު ބޮޑީ ބިލްޑަރު ވަރިންޑާރ ސިންގ ޣުމާންއާ ތަޅާފޮޅުމެއް ދާ މި އެކްޝާން ސީން ފިލްމު ބަލާ މީހުންނަށް ވަރުގަދަ އަޖައިބެއްގެ ގޮތަށް ފެންނާނެކަމަށްވެސް އަދިތިޔާޗޯޕްރާ ބުނެފައިވާ ކަމަށްވެއެވެ. އަދި މި ސީން ފަދައިން ޓައިގާރ3ގެ ކޮންމެ މަންޒަރެއްވެސް ޕްރޮޑިއުސާރ އަދިތިޔާ ޗޯޕްރާ ވިސްނާފައި ވަނީ މިއަދާ ހަމައަށް އެއްވެސް ކޮމާޝަލް ފިލްކަމުން ނުފެންނަވަރުގެ މަންޒަރަކަށް ހަދަން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެކްޝަން ފިލްމު ޓައިގަރ3 އަށް ޔާޝްރާޖްފިލްމްސް އިން ތައްޔާރުވަމުން އަންނަނީ މެގަސުޕަޑުޕަ ހިޓަަކަށްވީ ޕަތާނަށްވުރެ ވަރުގަދަ ކުރެވޭތޯ ކަމަށްވެއެވެ. ސަލްމާނާއި އެކު ޝާހުރުކް ހިމަނައިގެން ޓައިގާ3 ކުޅުވާއިރު ދެ މެގަސްޓާރުން އެކީގައި ފެނުނު ކޮންމެ ފިލްމެއްވެސް ވަނީ އެހާ ހިޓްވެފައެވެ.

ކަރަންއަރްޖުން އަކީ އޭރު ނުކުތް އެންމެ ކާމިޔާބު ފިލްމުކަމަށް އޮތީ ވެފައެވެ. ޝާހުގެ ޕަތާން އެންމެ ވަރުގަދަ ހިޓަކަށް ވެފައިވާ އިރު ސަލްމާންގެ ޓައިގާ ދެބަޔަކީވެސް ވަރުގަދަ ދެ ހިޓެވެ. އެހެންކަމުން މި ދެތަރިން އެކުގައި ޓާއިގާ3 އިން ފެނުން މީ ފިލްމު ހިޓްވުމުގެ މަލަމަތިކަމަށް ބެލެވެއެވެ މަނީޝް ޝަރްމާ ޑައިރެކްޓްކުރާ ޓައިގާ 3 އަކީ މިހާތަނަށް އިންޑިއާގެ އެންމެ ބޮޑު އެކްޝަން ފިލްމަށް ވާނެކަމަށް ބެލެވެއެވެ. ދިވާލީ ހަފްތާ ބަންދުގައި ހިންދީ، ތަމަޅަ އަދި ޓެލަގޫ ބަހުން މި ފިލްމު ރިލީޒްކުރާނެ ކަމަށްވެއެވެ.