އެމްޓީސީސީއިން ކުރިއަށް ގެންދާ ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، ޕްރޮޖެކްޓް ސައިޓްގައި މިވަގުތު ރިވެޓްމަންޓް ޕްރޮފައިލިންގ މަސައްކަތް އަންނަނީ ކުރެވެމުންކަމަށް އެކުންފުނިން ވިދާޅުވެއްޖެއެވެ.

އަދި، ގްރޮއިން ޖެހުމުގެ މަސައްކަތުގެ 50 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައި ކަމަށްވެސް އެފަރާތުން ވިދާޅުވިއެވެ.

އެ ކުންފުނިން ވިދާޅުވީ މި މަޝްރޫޢުގެ ދަށުން، 954 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 115 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންޖެހުމުގެ މަސައްކަތް ހިމެނޭކަމަށެވެ.

ސަރުކާރުން ހިންގާ މި މަޝްރޫޢަކީ 34.6 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.